Action Thriller Film "Project X " ga John Cena
image
ޖެކީޗެން (ކ)އަދި ޖޯންސީނާ (ވ)
0 ކޮމެންޓް
 

އެކްޝަން ތްރިލާ ފިލްމް "ޕްރޮޖެކްޓް އެކްސް" ގައި ޖޯން ސީނާ

މަގުބޫލު އެކްޓަރު ޖެކީ ޗެން ޕުރޮޑުއުސް ކުރާ އެކްޝަން ތްރިލާ ފިލްމް "ޕްރޮޖެކްޓް އެކްސް"ގައި ޖޯން ސީނާ ފެނިގެންދާނެކަން ކަށަވަރުވެއްޖެއެވެ. Dhiraagu
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގައި ޖޯން ސީނާ ކުޅެން ހަމަޖެހިފައިވަނީ ސިލްވެސްޓާ ސްޓެލޯން ކުޅެން ހަމަޖެހިފައި ރޯލެކެވެ. ފިލްމްގައި ސިލްވެސްޓާ ސުޓެލޯންގެ ބަދަލުގައި ފެނިގެން ދާނީ އެރޯލުން ސީނާއެވެ.
ފިލްމުގައި ޖޯން ޗީނާގެ އިތުރުން ފިލްމް ޕުރޮޑިއުސް ކުރާ ޖެކީ ޗެން ވެސް ފެނިގެން ދާނެއެވެ.

ޗައިނާގެ ޕުރައިވެޓް ކޮންޓުރެކްޓަރެއްގެ ރޯލުން ފެނިގެންދާ ޖެކީ ޗަން އަށް ހަވާލުކުރެވެނީ ހަމަލާ ދީ ހަލާކުވެފައިވާ ތެޔޮ ކާރުހާނާއަކުން ތެޔޮ ނެގުމުގެ މަސައްކަތެވެ. މިމަސައްކަތުގައި އުޅެމުން ދަނިކޮށް ޗެންއަށް އެމެރިކާގެ މެރިންސްގައި މަސައްކަތް ކުރަމުން ދާ (ޖޯން ސީނާ ) އަށް ބައްދަލުވެއެވެ. އަދި އެ ބައްދަލުވުމުން ތެޔޮ ކާރުހާނާއަށް ހަމަލާދިން ސަބަބުތައް ހާމައެވެ.

ފިލްމީ ދާއިރާއިން ޖޯން ސީނާ ފެނުމުގެ ކުރިން އޭނާ އަކީ މަޝްހޫރު ރެސްލަރެކެވެ.
ހިޔާލު