L.Atoll Baeh Rahrashah Lolhumehge Ihusaas Kurevijje
image
ލ.ގަން---
2 ކޮމެންޓް
 

ލ.އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ލޮޅުމެއްގެ އިހުސާސް ކުރެވިއްޖެ

ލ.އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް މިއަދު ލޮޅުމެއް އަތުވެއްޖެއެވެ. Dhiraagu
މެޓު އޮފީހުން ބުނީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވިގެން އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ކިހިނެއް ވެގެން ކުރެވުނު އިހުސާސެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެޓު އޮފީހުން ބުނި ގޮތުގައި ލޮޅުމުގެ އިހުސާސް ލ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެވިފައިވަނީ މެންދުރު 11:32 ހާއިރުއެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދަ ލޮޅުމެއް ލ.އަތޮޅަށް އިހުސާސް ކުރެވުނު ނަމަވެސް އެއީ ބާރުގަދަ ބިން ހެލުމެއްގެ ލޮޅުމެއް ކަމަށް ނުބެލެވެއެވެ. އޮފިޝަލު ވިދާޅުވީ އަތޮޅު ތެރޭގައި ކުރަމުންދާ މަސައްކަތެއްގެ ސަބަބުން ވެސް އެފަދަ ލޮޅުމެއް އިހުސާސް ކުރެވިދާނެއެވެ.

ޅ.އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ލޮޅުމެއްގެ އިހުސާސް ކުރެވިފައިވެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޅ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވިގެން ކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށެވެ. ޅ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ނަމަވެސް އެ ލޮޅުން އިހުސާސް ކުރެވުނު ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ހިޔާލު

ފިހުނުމަސް

ކޮބާ އަދުރޭގެމަގު ހަލާކުނުވޭތަ ؟

ޢަލީ

ފޮޓޯ އިން އެ ފެންނަނީ އިސްދޫ ކަލައިދޫ ބޮޑު މަގު