Eh Candidate Nerumaa Behey Gothun Idhikolhu PGgai Mashvaraa Koffi
image
އިދިކޮޅު ޕީޖީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން---
0 ކޮމެންޓް
 

އެއް ކެންޑިޑޭޓު ނެރުމާ ބެހޭ ގޮތުން އިދިކޮޅު ޕީޖީގައި މަޝްވަރާކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭތަކު ނެރުމާ ބެހޭ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕުގައި މަޝްވަރާކޮށްފިއެވެ. dhi2
ކުނޫޒުގައި ބޭއްވި އެ ބައްދަލުވުމުގައި ސްކައިޕް މެދުވެރިކޮށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ގޭބަންދުގައި މިހާރު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި ރޭގެ ބައްދަލުވުމުގައި އެއް ކެންޑިޑޭތަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް އެންމެފަހުން ކުރިއަށް ގޮސްފައިވާ ހިސާބު ރޭ މެންބަރުންނާ ހިއްސާ ކުރިއެވެ.
މަހުލޫފާއި ގާސިމް ސްކައިޕް މެދުވެރިކޮާށް ބައިވެރިވަނީ---
"މެންބަރުން ތިބީ އެއް ކެންޑިޑޭޓަކާއިގެން ކުރިއަށް ދިއުމަށް. ގާސިމް ވެސް ވިދާޅުވި އެއް ެކންޑިޑޭޓޭ ނެރޭނީ ހިތްވަރު ދޫކޮށް ނުލާ މަސައްކަތް ކުރުމަށް،" އެ މެންބަރު ވިދާޅުވިއެވެ.

ވީއެފްޕީއާއި ވާހަކަ ދެއްކި މެންބަރު ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓު ނެރުމަށް ކުރަމުންދާ މަސައްކަތްތައް ރޯދަ މަސް ނިމުމުން ކުރިއަށް ވުރެ ބާރަށް ހިނގައި ގަންނާނެއެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު 23 ގައި ބާއްވަން އިއުލާންކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކަށް އަދި ކެންޑިޑޭޓަކާ މެދު ގޮތް ނިންމިފައެއް ނުވެއެވެ.
ހިޔާލު