Eidah Male Kairee Resort thakai, Guest Housethah Full
image
ދިއްފުށީ ގެސްޓްހައުސެއް---
1 ކޮމެންޓް
 

އީދަށް މާލެ ކައިރި ރިސޯޓުތަކާއި ގެސްޓުހައުސްތައް ފުލް

ކުރިއަށް އޮތް ފިތުރު އީދު ޗުއްޓީއަށް ދާ މީހުންނާ ހެދި މާލެ ކައިރީ ރިސޯޓުތަކާއި މާލެ ކައިރީ ރަށްރަށުގެ ގެސްޓު ހައުސްތައް މުޅިންހެން ފުލްވެ ބާރު ބޮޑުވެފައިވާ ކަމަށް ބުނެފިއެވެ. kobadoctor
މާލެ އަތޮޅުގެ ރަށްރަށުގައި ގިނަ އަދަދަކަށް ގެސްޓު ހައުސްތައް ހުޅުވާފައިވާ އިރު ހުރާ ކައުންސިލްގެ ނައިބް ރައީސް ފަޔާޒް އިބްރާހިމް ވިދާޅުވި ގޮތުގައި ހޫރާގައި ހިދުމަތް ދޭ 15 ވަރަކަށް ގެސްޓް ހައުސް ހުރިއިރު އީދަށް ހުރިހާ ގެސްޓު ހައުސްއެއް ހެން މިހާރުވަނީ މުޅިން ފުރިފައެވެ. އީދަށް އެކަނި ވެސް އެރަށަށް 600 އާއި 700 ދޭތެރޭގެ އަދަދަކަށް މީހުން އަރާނެ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

ހިންމަފުއްޓާއި މާފުށީން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ދެ ރަށުން ވެސް ކުރިއަށް އޮތް އީދަށް ދެން ޖާގަ ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

މާލެ ކައިރީ ރަށްރަށުގެ ގެސްޓު ހައުސްތައް މުޅިންހެން ފުރިފައިވާ އިރު މާލޭގެ އެއް އަވަށް ކަމަށްވާ ހުޅުމާލޭގެ ވެސް ގިނަ ގެސްޓު ހައުސްތައް މިހާރުވަނީ ފުރިފައެވެ.

"މީ އޮފް ސީޒަން އެކަމަކު ގެސްޓު ހައުސް ހުރީ ފުރިފައި. ދިވެހިން ވެސް އެބަ އުޅޭ. މާލެއިން ޗުއްޓީއަށް އަންނަ ބިދޭސީން ވެސް އެބަ އުޅޭ. އެންމެން ވެސް ބުނަނީ ދުރު ތަންތަނަށް ދެވޭ ވަރަށްވުރެ މި ފަހަރު ޗުއްޓީ ކުޑައޭ. އެހެންވީމަ ކައިރި ތަނަކުންނޭ ބޭނުމީ. އެހެންވެ ކަންނޭނގޭ މާލެ ކައިރީ ތަންތަން ފުލް ވެގެން އުޅެނީ،" ހުޅުމާލޭ ގެސްޓު ހައުސްއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށްދާ އިރު އީދު ބަންދަށް ސްރީލަންކާއަށާއި ކައިރި އެހެން ބައެއް ގައުމުތަކަށްދާ މީހުން ވެސް އެބަ ތިއްްބެވެ.

"މިދުވަސްކޮޅު ކުދިންކޮޅު ބަލިވެ އުޅެނީ. ބޭބެއާއި ވައިފް ވެސް އުލެނީ ލަންކާގައި. އެހެންވީމަ އެކޮޅަށް ގޮސްލާ އެކޮޅުގައި އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ ޑޮކްތަރަށް ވެސް ދައްކާލައިގެން އަންނާނީ. ރިސޯޓަކަށް ނޫނީ ކައިރީ ރަށަކަށް އެންމެން ގޮވައިގެން ދިޔަޔަސް ހަމަ އެއްވަރަކަށް ހަރަދުދާނެ،" ސްރީލަންކާއަށް ދާ މީހަކު ބުންޏެވެ.
ހިޔާލު

ސައްޕޭ

ތިޔައީ ފުލެޓު ދޮންބެ ކުރިކަމެއް، ކީއްކުރާ ގެސްތު ހައުސްތަކެއް މިކުޑަ ރާއްޖެއަށް