Hashi Vihkan Thihbaa Hayyarukuri Meehunge Therin Mihaaru Bandhugai Huree Ekaku
image
މާމިނގިލި--
1 ކޮމެންޓް
 

ހަށި ވިއްކަން ތިއްބާ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ އެކަކު

އދ. މާމިނގިލި ގެއެއްގެ ތެރޭގައި ހަށި ވިއްކަން ތިއްބާ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ވީއެފްޕީއާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާމިނގިލީ ގެއެއްގައި ހަށިވިއްކަން ތިއްބާ ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ތަހުގީގު ނިންމާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައާއި ގުޅިގެން މިހާރު ބަންދުގައި ހުރީ އަންހެނެކެވެ.

މިިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ މާމިނގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އެމީހުން ހައްޔަރުކޮށްފައިވަނީ ގެއެއްގެ ތެރޭގައި ހަށި ވިއްކަން ތިއްބައެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 27 އަހަރާއި 32 އަހަރު އަދި 30 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. މީގެއިތުރުން 22 އަހަރާއި 21 އަހަރުގެ ދިވެހި ދެ އަންހެނުނާއި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވެސް ވަނީ އެއޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައެވެ.
ހިޔާލު

ރޮކެޓް ސައިންސް

ހަށި ވިއްކި 2 މީހުންނާއި ހަށި ގަތް 4 މީހުން