Voters Listaa Gulhey Gothun Hushahelhunee Emme Shakuvaa eh: EC
image
ރިޔާސީ އިންތިހާބުގެ ތާރީހް މާދަމާ ކަނޑައަޅަނީ
0 ކޮމެންޓް
 

ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ހުށަހެޅުނީ އެންމެ ޝަކުވާއެއް: އީސީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. kobadoctor
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ މަރުވެފައިވާ މީހެއްގެ ނަން ލިސްޓުގައި އޮވެގެން ހުށަހެޅިފައިވާ ޝަކުވާއެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް، ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

ރިޔާސީ އިންތިހާބު 2018 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓްގައި ނަތް އޮތްތޯ ބެލުމަށް (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމުގައެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރުފަހު 01:30 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ.

މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ހިޔާލު