Maumoonai 2 Fandiyaarun 1 Aharai 7 Mahah Jalah Laan Hukum Koffi
image
ރައީސް މައުމޫނާ ދެ ފަނޑިޔާރުން---
4 ކޮމެންޓް
 

މައުމޫނާއި ދެ ފަނޑިޔާރުން 1 އަހަރާއި ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. kobadoctor
އެ ބޭފުޅުން ޖަލަށްލާން މިއަދު ހުކުމް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް އެ ތިން ބޭފުޅުން ފޯނު ދީފައި ނުވާތީ ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައެވެ.

ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ މައްޗަށް އިއްވި ފުރަތަމަ ހުކުމެވެ. އުއްތަމަ ފަނޑިޔާރަށް މީގެ ކުރިން ދެ ހުކުމް އިއްވާފައިވާ އިރު މިއީ އަލީ ހަމީދަށް އިއްވި ދެ ވަނަ ހުކުމެވެ.

އެ މައްސަލާގައި ހުކުމް އިއްވާފައިވާ އިރު މިއަދަށް ތާވަލުކޮށްފައިވަނީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށެވެ.

އެެ މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގާ ނިންމާފައިވާ އިރު ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޖެމްސް ހުއްޓުވި މައްސަލާގައި ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ސްޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެއެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އުއްތަަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށްވަނީ އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އަދަބުވަނީ ދެ ދަރަޖަ ތިރިކޮށްފައެވެ. އެހެންކަމުން އެ ދެބޭފުޅުންނަށް އިއްވާފައިވާ ހުކުމް މިހާރު އޮންނާނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ.
ހިޔާލު

ޟިރެ

ވ އުފާވެރި ދުވަހެއް

ފިޔަވަޅު

ފަނޑިޔާރު އުމުރާގެ އަޅުކަމުގައި ހުންނަވަނިކޮށް ދަމާހަލާ ގެނެސް ބޮޑު13އާއި ދިމާކޮށް ފަނޑިޔާރު ލައްވައި ބޭއިންސާފު ޙުކުމެއް ނެރުމަކީ އަނިޔާގެ އިންތިހާއެވެ. މިއީ މިމާތް ރަމަޟާންމަހުގެ ޙުރުމަތް ކެނޑުންފަދަ ކަމެކެވެ. ޢީދަށް ކަތިލާލި ދެއްތޮ.

ރައްޔިތުން

ޔާމީނަށް ވެރިކަން ހޯދަދިން ފަރާތްތަކަށާއި އަދި ވެރިކަން ޔާމީނަށް ހޯދައިދޭން މަސައްކަތް ކުރި ހުރިހާ މީހުންނަށް (ޔާމީނަށް ހެޔޮކޮށް ކަންތައް ކޮށްދިން މީހުންނަށް) ޔާމީނުގެ ވެރިކަމުގައި ޙުކުމް ކުރެވި ޖަލަށް ލެވި ބަންދުކުރެވިފައިވާ ވުމުން މިކަމުގައި ވިސްނާ ރައްޔިތު ބަޔަކަށް އިބްރަތްތަކެއްވާކަން ކަށަވު-

އަލީ މުއްތަލިބް

ފޯނު ނުދިނުމަކީ ކުށަކަށް ވާސަބަބު ހަމަ ވިސްނާ ވިސްނާ އަހަންނަކަށް ގެޓެއް ނުވި. ފޯނު ނުދީގެން މީހެއްގެ ގައިގާ ރެނދެއް އަޅާނީކީ ނޫން ދެން.. ؟؟؟