Sihru Hekibas Naganee Qaanoonaai Qavaaidhaa Eh Gothah: Fuluhun
image
ފުލުހުންގެ ތަރުޖަމާނު ޝިފާން---
6 ކޮމެންޓް
 

ސިއްރު ހެކިބަސް ނަގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ފުލުހުން

ތަހުގީގުތަކަށް ހެކިބަސް ނަގައި، ދައުވާ ކުރުމަށް ސިއްރު ހެކި ހުށަހަޅަނީ ގާނޫނާއި ގަވާޢިދާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ. kobadoctor
ފުލުހުންގެ ބަޔާނެއް އިއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ދައުވާ ކުރުމަށް ސިއްރު ހެކި ހުށަހަޅަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާޢި މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.

ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ނުދީ ބޭއްވި އެ ބައްދަލުވުމުގައި ޝިފާން ވިދާލުވީ ޖިނާއީ ތަހުގީގުތައް ކުރުމުގައި އެކަންކަމުގެ އޮނިގަނޑު ގެންގުޅޭނެ މިންތަކެއް ސާފުކޮށް ކަނޑައެޅިފައިވާ ކަމަށެވެ.

ސިއްރު ހެކިބަސް ނެގުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ ޝިފާން ވިދާޅުވީ ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދިނުމަކީ ފުލުހުންގެ ހައިސިއްޔަތުން ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށް ފުލުހުން ގަބޫލުކުރާކަމަށެވެ.

ސިއްރު ހެކިބަސް ނަގަނީ ގާނޫނާއި އެއްގޮތަށް ކަމަށް ފުލުހުން ބުނެފައި މިވަނީ، ސިއްރު ހެނި ނަގަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި ސިއްރު ހެކީގެ ހެކިބަސް ނުނެގޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވަމުން ދަނިކޮށެވެ.
ހިޔާލު

މުހައްމަދު

އަމިއްލަގަޔަށް ވަޅިހެރެމުންދާއިރު ނޭގޭ މޮޔަބަޔަކު ލައްވާ ގާނޫނުއަސާސީ ޚިލާފަށް ގާނޫނާއި ގަވާއިދު ހަދައިގެން ހުކުމް އިއްވުމަކުން ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަންކަމަކަށް ނުވާނެ. ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށް ރައްޔިތުންވަނީ ގާނޫނު އަސާސީގައި ކަޑައަޅާފައި.

ހަބޭސް222

ތިހެންަ އެހެންބަޔަކު ބުނިނަމަ ވަރަށްސަޅިވީސް، އަމިއްލަޔަށް ކަންތައް ތައް ކުރަނީ އެންމެ ރަނގަޅަށޭ ބުނުމުން ތީތި ވަރަށް ކަޑަ!

އަލިމަސް

ސުވާލަކަށް ޖަވާބުދިނުމުގެ ގާބިލްކަން ނެތް އިދާރާއެއް.

ްޯްއޮއްއޯ

ޤާނޫނު ގައި ނެތްކަމެއްްް ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކުރާނެގޮތެއް ބުނެދީބަލަ

ޚާލިދު

ސިއްރުން ހެކިބަސް ނަގާ ހެކިބަސް ދިނުމަކީ އިސްލާމް ދިނާ ޚިލާފް ކަމެއް ކަން ނޭގުނީތީ ހިތާމަކުރަން.

މަލަކުރި

ވެރިކަން ކުރަން ދަނެގެން ތިބެ ވެރިކަން ކުރާ ނިޒާމެއްގައި ތަޙްޤީޤު ޓީމްތަކުން ކަން ނުކާނެ ގާނޫނާއި ގަވާޢިދު ތަކާއި ޚިލާފަކަށް