Raees Maumoon ah hukum kuree beysinsaafun: Raees Nasheed
image
ރައީސް މައުމޫނު އަދި ރައީސް ނަޝީދު
4 ކޮމެންޓް
 

ރައީސް މައުމޫނަށް ހުކުމްކުރީ ބޭއިންސާފުން: ރައީސް ނަޝީދު

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމް އިއްވާފައިވަނީ ބޭއިންސާފުން ކުރި ޝަރީއަތަކުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. dhi2
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދުވަނީ ހުކުމް ކޮށްފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރައީސް އަށް ހުކުމްކުރީ ބަނޑޭރި ގޭގެ ބޭރުގައި ފައްޖެހި އެނދެއްގައި ބާއްވައިގެން ކަމުގައެވެ. އަދި ދެ ވަނަ ރައީސް ހުންނެވީ މުޅިއިމުރުގެ ބާކީ ބައި ރާއްޖެއިން ބޭރުގައި އަރުވާލެވިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތިން ވަނަ ރައީސްއަށް ހުކުމް އިއްވަނީ ޖަލުގައި ތިން މަސް ބަހައްޓައިގެން، ބޭއިންސާފުން ޝަރީޢަތްކޮށް ކަމުގައެވެ.

މީގެ އިތުރުން ރާއްޖެ ބަދަލުކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ޖަލަށްލުމަށް މިއަދު ހުކުމް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް އެ ތިން ބޭފުޅުން ފޯނު ދީފައި ނުވާތީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށެވެ.
ހިޔާލު

މުވާތިނު

ދިވެހިރާއްޖެ އަދުލު އިންސާފުގެ މަގުގައި ކުރިއަށް މިދަނީ ފަތުއަޑުކިޔާ ބޫންކަނޑަމުން. މި ގައުމު ގައުމެއްގެ ގޮތުގައި އަދުލު އިންސާފު މެކުހަށް.

ައަބްދު

ބަލާ ބޮޑުކުރި ބަފާ މީހާ ވެސް ޖަލަށް. މިނިކާ ވަގެކާށް ކާންދީވެން ބޮޑު ކުރާ އިރު އެގެންވާނެ އެސޮރު ބޮޑުވެގެން ސާހިބުމީހާ ވެސް ކާލަފާނެކަން.

އަޙްމަދު

އަދުލުއިންސާފު ޤާޢިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަނޖެހޭ މީހަކީ ރަޢީސް ޔާމީނު ހަޤީޤީ މުޖުރިމަކީ އެއީ

އަސޭލާ

މީހެއްގެ ފޯނު ނުދީގެން ޢަދުލު އިންސާފު ޤާއިމު ކުރުމަށް ކޮން ހުރަހެއް އެޅޭނީ.ތި ވެސް ބޮޑު ކަމެއް.