Hukumaai gulhigen Raees nasheed ge campaign ifthithaah kurun faskoffi
image
އަސްލަމް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފައިލް ފޮޓޯ
0 ކޮމެންޓް
 

ހުކުމާއި ގުޅިގެން ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހުކުރުން ފަސްކޮށްފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން "ޖަޒީރާ ރައީސް" ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ ފަސްކޮށްފިއެވެ. dhi2
ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިރޭ ބޭއްވުމަށް ނިންމާފައިވާ ޖަޒީރާ ރައީސް ކެމްޕެއިން ފަސްކުރުމަށް ނިންމީ އެގޮތަށް ރައީސް ނަޝީދު ނިންމެވުމުން ކަމުގައެވެ. އަދި ރައީސް ނަޝީދު އެނިންމެވުން ނިންމެވީ މިއަދު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޖަޒީރާ ރައީސް ކެމްޕެއިން މިރޭ ލޯންޗު ކުރުމަށް މިންމާފައިވަނީ ކުލަގަދަކޮށް ކަމުގައެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ ރައީސް މައުމޫނަށާއި ފަނޑިޔާރުންނަށް މިއަދު ހުކުމް ކުރުމުން މިއަދަކީ ހިތާމަވެރި ދުވަހެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށްވުމުން ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗުކުރުން މިހާރު ފަސްކޮށްފައިވަނީ މާދަމާ ރެއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކެމްޕެއިން ލޯންޗުކުރުމަށް މާދަމާރޭ ރާއްޖޭގެ ބޮޑު ހަތް ރަށެއްގައި އެއްފަހަރާ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ދީފައި ނުވާކަމަށްބުނެ ދައުލަތުންކުރި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަދު އެވެ.
ހިޔާލު