Mudhaa hifaigen dhathurukuraa dhoanyeh kaashidhoo kandah adi ah dhanee
image
އެމްއެންޑީއެފް ކޯސްޓްގާޑެއް
0 ކޮމެންޓް
 

މުދާ ހިފައިގެން ދަތުރުކުރާ ދޯންޏެއް ކާށިދޫ ކަނޑަށް އަޑިއަށް ދަނީ

ހިލައާއި ލަކުޑި ހިފައިގެން މާލެއިން ފުރައިގެން ބ އަތޮޅަށް ދަތުރު ކުރި ދޯންޏަކަށް ދިޔަވެ އަރިއަޅާލުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ވީނަސް ނަމަކަށް ކިޔާ އެދޯނި ދިޔަވެ އަރިއަޅާލާފައިވަނީ ކާށިދޫ ބޮޑު ކަނޑުގައި ކަމުގައެވެ. 78 ފޫޓްގެ އެދޯނި މިހާރު އޮތީ ގާފަރު ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށާއި ދޯނީގައި ހަތަރު މީހުން އެބަތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުންބުނީ ދޯނި އޮތް ސަރަހައްދަށް ދިއުމަށް އެމްއެންޑީއެފް ފާސްޓް އިންޓަތސެޕްޓް ވެލާނާ ލޯންޗް ދަތުރު ކުރަމުން ގެންދާކަމަށާއި، ކާށިދޫގައި އޮންނަ ސީ އެމްބިއުލާންސްވެސް އެސަރަހަށްދަށް ދިއުމަށް ހަރަކާތްތެރިވަމުން ގެންދާ ކަމުގައެވެ.

އެސަރަހަށްދުގެ ކަނޑު ގަދަ ކަމަށާއި އެހެން ކަމުން އެސަރަހައްދަށް ވާސިލްވުމަށް އަދި ވަގުތުކޮޅެއް ނަގާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު