I Phonege Security Varugadha Kurun: Salamaathee Baaruthakah Ithuru Gonjehumakah
image
..އެޕަލް އައިފޯން..
1 ކޮމެންޓް
 

އައިފޯން ގެ ސެކިއުރިޓީ ވަރުގަދަ ކުރުން: ސަލާމަތީ ބާރުތަކަށް އިތުރު ގޮންޖެހުމަކަށް

ޔޫއެސްބީ ޕޯޓު މެދުވެރިކޮށް އައި ފޯންގެ ޑާޓާތަކަށް ވާސިލުވެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް އައި ފޯންގެ ސެކިއުރިޓީ އެޕަލްއިން ވަރުގަދަ ކުރުމުން އެއީ ސަލާމަތީ ބާރުތަކަށް ގޮންޖެހުމެއްގެ ގޮތުގައި ސިފަ ކުރަން ފަށައިފިއެވެ. muni
ކުރިއަށް އޮތްތަނުގައި އެގޮތަށް ޑާޓާތަކަށް ވާސިލުވެވޭނީ ގާނޫނީ ހުއްދައަކާއެކުއެވެ.

ޑިފޯލްޓް ސެޓިންއަށް ބަދަލު ގެންނަ އިރު އެމެރިކާގެ ސަލާމަތީ ބާރުތަކުންވަނީ އައިފޯނާއި އައިޕެޑް ފަދަ ވަސީލަތްތަކުގައި ހުންނަ މައުލޫމާތަށް ފުލުހުންނަށް ވާސިލުވެވޭ ގޮތް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ބުނަމުންނެވެ.

އައިފޯން އުފައްދާ އެޕަލްއިން ބުނެފައިވާ ގޮތުގައި އައިފޯންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަނީ ކަސަްޓަމަރުންގެ އިތުބާރު ދަމަހައްޓާ ކަސްޓަމަރުންގެ ޒާތީ މުއާމަލާތްތަކުގެ ސިއްރުކަން ކަށަވަރު ކުރުމަށެވެ. އެކަމުގައި ފުލުހުންނަށް ގޮންޖެހުމަކީ އެ ކުންފުނިން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ދެ އަހަރު ކުރިން އެމެރިކާއިން އަތުލައިގަތް ކުށްވެރިއެއްގެ ފޯނު ހުޅުވުމަށް އެޕަލްއަށް އެންގުމުން އެ ކުންފުނިން ދެކޮޅު ހެދިއެވެ. އެ މައްސަލާގައި ކޯޓުން އަމުރެއް ނެރުމުން އެޕަލްއިން ވަނީ ހެކަރުންތަކެއް ބޭނުން ކޮށްގެން ހަމައެކަނި އެމީހާގެ ފޯނުގެ ޑާޓާތަކަށް ވާސިލުވެވޭ ގޮތް ހަދާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެޕަލްއިން ޑިފޯލްޓް ސެޓިންއަށް ގެންނަ އެ ބަދަލަކީ އެ ހާދިސާއަށް ފަހު ސީދާ ސަލާމަތީ ބާރުތަކަށް ވެސް ގާނޫނީ ހުއްދައެއް ނެތި ޑާޓާތަކަށް ވާސިލުވިޔަ ނުދިނުމަށް ކުރާ ކަމެކެވެ.
ހިޔާލު

އަޙުމަދު

އަމުދުން މީހުންގެ ސިއްރު މަޢުލޫމަތަކީ އެމީހަކު ކުށެއް ކުރި ކަން ސާބިތުކުރުމަށް ބޭނުންކުރަން ޖެހޭ އެއްޗެއް ނޫނެވެ. އެހެނީ، ޝަރީޢަތް ހިނގަން ޖެހޭނީ ފެންނަން ހުރި ޙަޤީޤަތެއްގެ މައްޗަށެވެ. މީގެ ދަލީލަކީ ތަޙުޤީޤުގައި ހަނުހުރުމުގެ އިޚުތިޔާރަކީ ޤާނޫނީ ޙައްޤަކަށް ވާތީ ހަނުހުރުމަކީ އޭނައަށް އެނގޭ މަޢުލޫމާތު ހާމަނުކުރުމަށް ލިބިފައިވާ ޙައްޤަކަށްވުމެވެ.