Tourism Dhaaira Noon Dhairathakun GST Onlinekoh Dhakan Laazim koffi
image
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)--
0 ކޮމެންޓް
 

ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން ޖީ.އެސް.ޓީ އޮންލައިންކޮށް ދައްކަން ލާޒިމުކޮށްފި

ޓޫރިޒަމް ދާއިރާ ނޫން ހުރިހާ ދާއިރާތަކުން ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށައަޅަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލާޒިމުކޮށްފިއެވެ.
މީރާ އިން މިއަދު ނެރުނު ޓެކްސް ރޫލިންގްއެއްގައި ބުނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގަވާފައިވާ އެންގުމުގެ ދަށުން ، ޖޫން މަހުން ފެށިގެން ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން މީރާއަށް ހުށައަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށައަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިހުތިޔާރު ކޮމިޝަނުން ލިބިގެންޑާނެކަމަށް އެ ރޫލިންގްގައި ބުނެފައިވެއެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ދައްކަންޖެހެނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރަކު ފަސް މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުންނެވެ.
ހިޔާލު