77 aharukurin gefulhu vashaigen fathaafa Tawaf kuri meehaki miee
image
77 އަހަރު ކުރިން ގެފުޅު ވަށައިގެން ފަތާފަ ޠަވާފްކުރި މީހަކީ މިއީ!
2 ކޮމެންޓް
 

77 އަހަރު ކުރިން ގެފުޅު ވަށައިގެން ފަތާފަ ޠަވާފްކުރި މީހަކީ މިއީ!

މީގެ 77 އަހަރު ކުރިން 1941 ވަނަ އަހަރު މައްކާއަށް ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. ފެންބޮޑުވެ ކަޢުބަތުﷲ ގެފުޅު ހުންނަ ސަރަހައްދުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. dhi2
ގެފުޅު ވަށައިގެން ފެނުގެ ބޮޑު ކޯރެއް އޮތް އިރު އެސަރަހައްދުގައި އާއްމު މީހެއްގެ އިސްކޮޅު ނުޖެހޭކަމަށް ބުނެއެވެ. ގާތްގަނޑަކަށް ހަ ފޫޓަށް ފެންހެދިފައި ވަނިކޮށް ގެފުޅު ވަށައިގެން ފަތާފައި މީހަކު ޠަވާފްކުރި މީހެއްގެ ވާހަކަ އޭރުވެސް ދެކެވުނެވެ.

އޭގެ 77 އަހަރު ފަހުން އެ ވާހަކަ އަނެއްކާވެސް މިވަނީ އާއްމުވެފައެވެ. އެއީ މެދުއިރުމަތީގެ ބަހްރެއިންއަށް ނިސްބަތްވާ އަލީ އަލް އަވާދީ ނަމަކަށް ކިޔާ މީހެކެވެ.

އަލީ ކަޢުބާ ވަށައިގެން ޠަވާފް ކޮށްފައިވަނީ އޭނާގެ ދެ ކޮއްކޮވެސް ގޮވައިގެން ގޮސްފައެވެ. މައްކާގައި އޭރު ދެ ކޮއްކޮއާއި އެކު ކިޔަވަން ގޮސްހުރި އަލީ 2015 ވަނަ އަހަރު ނިޔާވެފައިވާއިރު އޭނާ ނިޔާވުމުގެ ކުރިން ބައެއް ފަރާތްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އިސްކޮޅު ނުޖެހޭވަރަށް ކަޢުބާގެ ވަށައިގެން ފެންބޮޑުވެފައި ވުމުން އޭނާ ޠަވާފްކުރީ ކަޢުބާގެ ދޮރުކޮޅުގެ އޮޅިގަނޑުމަތީ ދެ ކޮއްކޮ ބެއިންދުމަށް ފަހުގައި ކަމުގައެވެ.

މައްކާއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަޢުބާ ވަށައިގެންވާ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން މި ނޫނަސް މަދުމަދުންވެސް ފަތާފައި ބައެއް ފަރާތްތަކުން ޠަވާފްކޮށްފައި ވެއެވެ.

އިސްލާމީ ތާރީހުން އެނގޭ ގޮތުގައި ފެންބޮޑުވުމުގެ ހާދިސާއަކާއި ގުޅިގެން ކަޢުބާގެ ސަރަހައްދުގައި ފެންބޮޑުވި ފަހަރެއްގައި އެންމެ ފުރަތަމަ ކަޢުބާ ވަށައިގެން ފަތާފައި ޠަވާފް ކޮށްފައިވަނީ ކީރިތި ރަސޫލާ محمد رسول الله صلى الله عليه وسلمގެ ޞަހާބީއެއްކަމަށްވާ އަބްދުﷲ އަލް ޒުބައިރުގެ ފާނެވެ.


ހިޔާލު

ނާނީ

ސާބަސް

ސަޒުނާ

ސާބަސް. އައްސަރިބަހާއި ސާބަސް