Afganistangai Hamalaa badhalu Kurun Huttaali Muhdhathu Ithuru Koffi
image
އަފްގާނިސްތާނުގައި ތާލިބާން މީހަކާ ސިފައިންގެ މީހަކު ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކުރަނީ---
0 ކޮމެންޓް
 

އަފްޣާނިސްތާނުގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލި މުއްދަތު އިތުރުކޮށްފި

އަފްޣާނިސްތާނުގެ އަސްކަރިއްޔާއާއި ތާލިބާނުންނާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ހުއްޓާލ؛ި މުއްދަތު އިތުރުކޮށްފިއެވެ.
އަފްޣާން ސަރުކާރާ ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް ގޮސްފައިވަނީ އީދުގެ ޗުއްޓީއަށް އެކަންޏެވެ. މިއީ 2001 ވަނަ އަހަރު ތާލިބާނުންގެ ސަރުކާރު ވައްޓާލި ފަހުން އެފަދަ އެއްބަސްވުމަކަށް އާދެވުނު ފުރަތަމަ ފަހަރެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލާފައިވަނީ އީދު ބަންދުގެ ތިން ދުވަހަށެވެ. އަފްޣާން ސަރުކާރުން ތާލިބާނުންނަށް ދޭ ހަމަލާތައް ހުއްޓާލި ނަމަވެސް އައިއެސް ފަދަ ޖަމާއަތްތަކާ ދެކޮޅަށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަފްޣާން އަސްކަރިއްޔާއާއި ތާލިބާނުން ހަމަލާތައް ހުއްޓާލާފައިވަނިކޮށް އައިއެސްއިން ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 25 މީހަކު ވަނީ މަރުވެފައެވެ. އައިއެސްއިން ބުނެފައިވާ ގޮތުގައި ހަމަލާ އަމާޒުކޮށްފައިވަނީ އަފްޣާން އަސްކަރިއްޔާއަށެވެ.

އަފްޣާން އަސްކަރިއްޔާއާއި ތާލިބާނުންނާ ދެމެދު ހަމަލާ ބަދަލު ކުރުުން ހުއްޓާލި މުއްދަތރު އިތުރު ކުރަން ހުށަހެޅުއްވީ ވެސް ރައީސް އަޝްރަފު ގަނީއެވެ. އަޝްރަފު ގަނީ ވަނީ ޖަލުތަކުގައި ތިބި ތާލިބާނުންނަށް ލުއެިދީ، ތާލިބާނުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސުލްހަ ގައިމު ކުރުމަށް މަޝްވަރާއަށް ދިއުމަށް ވެސް އަޝްރަފު ގޮވާލެއްވިއެވެ.
އަފްގާނިސްތާން
ހިޔާލު