Male gai Mirey Havaa Aruvanee
image
ހަވާ އަރުވަނީ
0 ކޮމެންޓް
 

މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އަރުވާނީ މިރޭ 8:30 ގައެވެ. ހަވާ އެރުވުން އޮންނާނީ ރަސްފަންނުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހަވާ އަރުވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެއްގެ ގޮތުގައި ކަމަށާއި ގާތްގަނޑަކަށް ތިން މިނެޓު ވަންދެން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބައެއް ހަފުލާތައް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ދަނީ ހަވާ އަރުވަމުންނެވެ. އެގޮތުން ރަސްފަންނުގައި ތަރައްގީކުރި ޕެވިލިއަން އާއި އެތަނުގައި ގާއިމުކުރި ގްލޯރިއާ ޖީންސް ކޮފީޝޮޕް ހުޅުވުމަށް މިއަހަރުގެ އެޕްރީލް މަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަވާ އަރުވާފައެވެ.
ހިޔާލު