Afghan bomb ge hamala Saudi in kuhveri koffi
image
އަފްގާން ބޮމުގެ ހަމަލާ ސައުދީން ކުށްވެރިކޮށްފި
0 ކޮމެންޓް
 

އަފްގާން ބޮމުގެ ހަމަލާ ސައުދީން ކުށްވެރިކޮށްފި

އަފްގާނިސްތާނުގެ ޖަލާލް އާބާދުގައި ދިން ބޮމުގެ ހަމަލާ ސައުދީ އަރަބިއްޔާއިން ކުށްވެރިކޮށްފިއެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން ނެރުނު ތައުޒިޔާގެ މެސެޖްގައި ސައުދީންވަނީ މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި ޓެރަރިޒަމްއާއި ދެކޮޅަށް އަފްގާނިސްތާނުގެ ސަރުކާރުން ކުރާ މަސައްކަތައް ތާއީދުކުރާކަމަށްވެސް ސައުދީގެ މެސެޖްގައި ވެއެވެ.

މި ހަމަލާދީފައިވަނީ ފިތުރު އީދުގެ އުފާ ފާޅުކުރުމަށް ޖަލާލްއާބާދުގެ ނަންގަރްހަރް ޕްރޮވިންސްގެ ގަވަރުނަރްގެ އޮފީހުގައި ބޭއްވި ހަފްލާއަކަށް ދިޔަ މީހުން ނިކުތްގަޑީގައި އޮފީސް ކައިރީގައެވެ.

ޖާނުންފިދާވުމުގެ މި ހަމަލާގައި 18 މީހަކުވަނީ މަރުވެފައެވެ.
ހިޔާލު