Amitai, Inthia, Faisalai, Nazeerge Passport Hifahattan Nerunu Amuru Bathil Koffi
image
އިންތިއާއި، އަމިތާއި، ފައިސަލާއި ނަޒީރު މާޗު މަހުގެ 16 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ---
0 ކޮމެންޓް
 

އިންތިއާއި އަމިތާއި ފައިސަލާއި ނަޒީރުގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ބާތިލު

މާފަންނޫ އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލު ނަސީމާއި، އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ނެރެފައިވާ އަމުރުތައް ބާތިލުކޮށްފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރުތައް ބާތިލުކޮށްފައިވަނީ މިއަދުއެވެ.

އެ ހަތަރު ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މާޗު މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން ތަހުގީގު ފެށި މައްސަލައަކާއި ގުޅިގެންނެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް އެތައް ފަހަރަކު އެ ހަތަރު ބޭފުޅުން ހާޒިރުކޮށްފައިވެއެވެ.

ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އިމްތިޔާޒު މިއަދު ވިދާޅުވީ ޕާސްޕޯޓުތައް ހިފެހެއްޓީ ސިޔާސީ މަގުސަދެއްގައި އިދިކޮޅު ފަރާތްތަކަށް ދަތި ކުރުމަށް ކަމަށެވެ. "ކަންދަހާރަށް ހަނގުރާމައަށްދާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިތޯ ނޫނީ ވަޅި ޖެހި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިތޯ. އަޅުގަނޑުމެންގެ ޕާސްޕޯޓު ހިފެހެއްޓީ. އަޅުގަނޑުމެން މިތިބީ ރާއްޖޭގައި ތިބެގެން ރައީސް ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުވަން. ފިލައިގެން ދާކަށް ނޫޅެން،" އިންތި ވިދާޅުވިއެވެ.

މާޗު މަހުން ފެށިގެން އެ ހަތަރު ބޭފުޅުން ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވާ އިރު މެންބަރު އަމިތުގެ ކާފަ ދާދި ފަހުން ސްރީލަންކާގައި ނިޔާވެފައިވާ އިރު އަމިތުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ކާފަގެ ޖަނާޒާއަށް ވެސް އަމިތަށްވަނީ ދެވޭ ގޮތް ނުވެފައެވެ. ނަޒީރަށް ދަރިފުޅުގެ ބޭސްފަރުވާއަށް ބޭރަށް ދެވޢޭ ގޮތް ނުވެފައިވާ އިރު ފައިސަލު ނަސީމަށް ވެސްވަނީ އޭނާގެ ލޮލުގެ ފަރުވާއަށާއި ދަރިފުޅުގެ ބޭހަށް ވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭ ގޮތް ނުވެފައެވެ.ހިޔާލު