Umar Naseer ah Adheeb ge Anbikanbalun Varah Bodah Faaduvidhaalhu Vehje
image
އުމަރު ނަސީރު--
8 ކޮމެންޓް
 

އުމަރު ނަސީރަށް އަދީބުގެ އަނބިކަނބަލުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރަށް އަދީބުގެ އަނބިކަނބަލުން ނަޝްވާ ފާޑު ވިދާޅުވީ، އަދީބަކީ ޓެރަރިސްޓެއް ކަމަށާއި އަދީބު އަބަދުވެސް އޮންނަވަން ޖެހިވަޑައިގަންނަވާނެ ތަނަކީ ޖަލު ކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.

"އެމްއެންޑީއެފްގައި އުޅުނީތީ ބިންދާލީ މީހެއްގެ މައިބަދަ. މިނިވަން 50 ގަ އެއްކޮށް ކޮރަޕްޝަން، ހޯމް މިނިސްޓަރުގައި ހުރެގެން ބޮން ހެދި މީހާ ދޫކޮށްފަ މި ކިޔަނީ އަދީބު އުމުރަށް އޮންނަން ވީ ޖަލު ގަ އޭ. އޭނަ އަށް ސުޕްރީމް ކޯޓު ހުކުމް ގޯސް." ނަޝްވާ ވިދާޅުވިއެވެ. "ޒާތީ ވިޔަސް މީ ބޮޑުވަރު" ނަޝްވާ އިތުރަށް ވިދާޅުވިއެވެ.



މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު ވިދާޅުވީ އަދީބަކީ ރާއްޖޭގައި މިހާތަނަށް ނުއުފެދޭ ވަރުގެ ބޮޑު ކުށްވެރިޔެއް ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސިޔާސީ ބައެއް ލީޑަރުން ދޫކޮށްލަން އަމުރުކޮށްފައިވާއިރު އޭގެ ތެރޭގައި އަދީބުވެސް ހިމެނެއެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އަދީބުގެ ނަން އޮތުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އުމަރު ނަސީރު ވަނީ އަދީބަކީ ކޮރަޕްޝަންގެ "ބައްޕަ" ކަމަށް ސިފަ ކުރައްވާފައެވެ.
ހިޔާލު

ބީވާ

ފުށް ޖަހައިގެން ފާޑަކަށް އަނގަ އޮރި ކޮށްގެން ހުރެ އަޅެ ދެން ފަހެ މީ ކާކުތަ!

ދޮނާ

ހަރުގަނޑު މައްސަލައިގައި ޔާމީނު ފައިބުޑައް ވެއްޓި ރޮއެ އިސްވަޘު ގައި ހިފައި އަނގަ ބަންދު ކޮށްގެން ހުރި މީހެއް އުމަރަކީ.

ހަސަނު

އޭ އުމަރާ ޔާމީނު އަކާ ދިމާލަކައް އެއްޗެއް ބުނާކަށް ކަލެޔަކަށް ނުކެރޭނެ ތީ ފިނޑިއެއް

ކުއްތާ

ބާކިންގ ޑޯގްޝް ޑޯންޓް ބައިޓް - ވައްވައް ޖަހާ ކުއްތާ ދަތެއް ނާޅާނެ.

ނާދު

އުމަރު އަކައް ވޯޓެއް ނުލާނަން. މަމެންގެ ބުރޯ މާ ހަބޭސް

ހަނާ

އުމަރު ދެން މީ ކާކު؟

މަލަކުރި

ކަމަނާ ތިޔަ އެދޭ ފަދައިން އަދީބު ދާދި އަވަހަށް މިނިވަންވެ ކަމަނާ އާއި ބައްދަލުވާނެ އެމަގަށް ކަމަނާވެސް މަސައްކަތް ކުރުމަށް ހިއްވަރުދެން

އަހނދު

ތިޔާ ދޭއްޗަކީ ހަމަ އެކައްޗެއް! އަހުންމިބުނަނީ ކޮބާހޭ ރީލްވާނު، ނަޝްވެސް ހަރުގަނޑޭވެސް ނުކިޔާ ރިލްވާނަށް ހެދިގޮތެއް ބުނެދީ