Court amuru hifaigen dhiumunves Passport nudhin: Ali Nazeer
image
އަލީ ނަޒީރު
1 ކޮމެންޓް
 

ކޯޓް އަމުރު ހިފައިގެން ދިއުމުންވެސް ޕާސްޕޯޓް ނުދިން: އަލީ ނަޒީރު

ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހިފައިގެން އިމިގްރޭޝަނަށް ދިއުމުންވެސް ޕާސްޕޯޓް ދޫނުކުރިކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. dhi2
މާފަންނޫ އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލު ނަސީމާއި، އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ހަތަރު ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މާޗު މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން ތަހުގީގު ފެށި މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން ޕާސްޕޯޓް ހިފެހެއްޓުމަށް ދިން އަމުރުވަނީ ކޯޓުން ބާތިލްކޮށްފައެވެ.

އަލީ ނަޒީރު ވިދާޅުވީ ޕާސްޕޯޓް ދޫކުރާނީ ކޯޓް އަމުރު ލިބުމުންކަމަށް އިމިގްރޭޝަނުން ބައެއް މީޑިއާތަކުގައި ބުނެފައިވާ ކަމުގައެވެ. އެހެންކަމުން އަންގާރަ ދުވަހު ކޯޓް އަމުރުއަތަށް ލިބުމުން ދެ ފަހަރެއްގެ މަތިން އިމިގްރޭޝަނަށް ދިއުމުންވެސް ޕާސްޕޯޓް ދޫނުކުރިކަމަށް ނަޒީރު ވިދާޅުވިއެވެ.

"ފުރަތަމަ ހެނދުނު ދިޔައީމަ މިބުނީ ގުޅާލާނަމޭ، ދެން ގެއަށް އައިސް އޮފީސް ބަންދުކުރާ ގަޑިޖެހެން ކައިރިވިއިރުވެސް ނުގުޅީމަ އަނެއްކާ އިމިގްރޭޝަނަށް މިދިޔައީ، ދިޔައީމަ މިބުނަނީ އަދިވެސް ކްލިއައެއް ނުޔެވޭ، ކްލިއަރ ވީމައޭ ޕާސްޕޯޓް ދޫކުރާނީ" ނަޒީރު ވިދާޅުވިއެވެ.

ކޯޓް އަމުރު ހިފައިގެން ދިއުމުންވެސް ޕާސް ޕޯޓް ދޫނުކުރުން އަލީ ނަޒީރު ސިފަކުރެއްވީ ކޯޓް އަމުރު ތަންފީޒުކުރުމަށް އިމިގްރޭޝަނުން ދެކޮޅުހެދުން ކަމުގައެވެ.

ކޯޓް އަމުރު ހިފައިގެން ދިއުމުންވެސް އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްފައި ނުވާއިރު މިމައްސަލާގައި ޕާސްޕޯޓް ހިފެހެއްޓި އަނެއް ތިން ބޭފުޅުންގެ ޕާސްޕޯޓް ދޫކުރިކަމެއް އަދި ސާފެއް ނުވެއެވެ.
ހިޔާލު

ވާސިރު

ބަލަ ތިވެސް އިންތިޒާރު ކުރެއްވި ނުވަތައުންމީދުކުރެއްވި ހުކުމެއް ނޫނޭ އެހެންވީމަ ތަންފީޒު ނުކުރެވުމަކީ ހައިރާންވަން ޖެހޭކަމެއް ނޫނޭ. މިޤައުމުގަހުކުމް ތަންފީޒު ކުރުމަކީ ފަސޭހައިން ވާކަމެއް ނުން