4 beinnai behunu Meehaage Massala Thinadhoo Courtah
image
ތިނަދޫ ކޯޓު---ފޮޓޯ:ސަންއެމްވީ
0 ކޮމެންޓް
 

ހަތަރު ބެއިންނާއި ބެހުނު މީހާގެ މައްސަލަ ތިނަދޫ ކޯޓަށް

ގދ.އަތޮޅުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު އެރަށުގެ އެއްބަނޑު އެއްބަފާ ހަތަރު ކުއްޖަކާ ގަދަކަމުން ބެހުނު ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރުމަށް ގދ.ތިނަދޫ ކޯޓަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ތިނަދޫ ކޯޓަށްވަނީ ފޮނުވާފައެވެ.

އެ މައްސަލަ ކުރިން ކުރިއަށް ގެންގޮސްފައިވަނީ އެ މީހާ ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓު ކޯޓުގައެވެ.

ހަތަރު ބެއިންނާ ބެހުނު މައްސަލަ މީޑިއާތަކުން ފެންމަތި ކުރުމާއެކު މިދިޔަ އަހަރުގެ ފަހު ކޮޅު އެމީހާ ހައްޔަރު ވެސް ކުރިއެވެ. އެ މައްސަލާގައި އެމީހާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެމީހާ ހައްޔަރު ކުރި ނަމަވެސް މިހާރު އޭނާވަނީ ދޫކޮށްލާފައެވެ.

ރަށުގައި ފުޅާކޮށް ވިޔަފާރި ކުރަމުން އަންނަ އުމުރުން 75 އަހަރުގެ އެމީހާ މިހާރު ވެސް އެމީހާގެ ފިހާރަ ހިންގުމުގައި އުޅެމުންދާ ކަމަށް އެރަށުގެ ބައެއް މީހުން މައުލޫމާތުދެއެވެ.
ހިޔާލު