Mulhi Hulhumale in Current Kendijje
image
ހުޅުމާލެ---
0 ކޮމެންޓް
 

މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ 9:45 ހާއިރުއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ފޭސް ޓޫއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ހައިވޯލްޓެޖް ކޭބަލެއް ހަލާކުވުމުގެ ސަބަބުންނެވެ. ސްޓެލްކޯއިން ވަނީ އަލުން ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މާލޭސިޓީގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލެއަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅެމުން ގެންދާ ރަށެވެ. އާބާދީގައި 60000 ވުރެ ގިނަ މީހުން އުޅެމުންދާ އިރު އެ އަދަދުދަނީ އިތުރުވަމުންނެވެ.
ހިޔާލު