Chargeh Jahaafai Oi Phoneh Govai Meehaku Maruvejje
image
ފޯނެއް
0 ކޮމެންޓް
 

ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވައި މީހަކު މަރުވެއްޖެ

ޗާޖަށް ޖަހާފައި އޮތް ސްމާޓް ފޯނެއް ގޮވައި މެލޭޝިޔާ މީހަކު މަރުވެއްޖެއެވެ. muni
މެލޭޝިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މެލޭޝިޔާގެ ކްރެޑަލް ފަންޑުގެ ސީއީއޯ ނަޒްރިން ހަސަންގެ ފޯނު ގޮވައި ހިނގި ހާދިސާގައި އޭނާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ހަސަން ހުއާވެއި ފޯނަކާއި ބްލެކް ބެރީ ފޯނެއް ގެންގުޅުނު ކަމަށް އާއިލާއިން ބުނެއެވެ. ފޯނު ގޮވުމުގެ ސަބަބުން އޭނާގެ ނިދަން އޮތް ގޮދަޑީގައި ރޯވެ އަނދާފައިވާ އިރު އޭނާ މަރުވީ ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ކަމެއް ނުވަތަ ފޯނު ގޮވި ވަގުތު އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެއެވެ.

ފޯނު ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އޭނާ ގެންގުޅުނު ދެ ފޯނު ވެސް ވަރަށް ބޮޑަށް އަނދާފައިވާތީ ގޮވާފައިވަނީ ކޮން ފޯނެއް ކަން ނޭނގޭ ކަމަށް މެލޭޝިޔާ ފުލުހުން ބުނެއެވެ.

މެލޭޝިޔާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ ވަރަށް ގިނަ މީހުން އަމަލު ކުރާ ގޮތެކެވެ.
ހިޔާލު