Baeh Shed Thakun Hamaekani Cyclethakah Petrol Alhaidhey Gothah Badhalu Genesfi
image
ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑުގައި ބައެއް މީހުން ކިއު ހަދައިގެން---
1 ކޮމެންޓް
 

ބައެއް ޝެޑުތަކުން ހަމައެކަނި ސައިކަލުތަކަށް ޕެޓްރޯލު އަޅައިދޭ ގޮތަށް ބަދަލު ގެނެސްފި

ފިއުލް ސަަޕްލައި މޯލްޑިވްސްއިން މާލޭގައި ތެޔޮ ވިއްކަމުން ގެންދާ ޕެޓްރޯލު ޝެޑުތަކުން ޕެޓްރޯލު ވިއްކާ ގޮތަށް ބަދަލު ގެނެސް ބައެއް ޝެޑުތަކުން ހަމައެކަނި ސައިކަލަށް ޕެޓްރޯލު އަޅައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް މިހާރު ބަދަލު ގެނެސްފައިވާ ގޮތުން ސައިކަލަށް ޕެޓްރޯލު އަޅައިދޭނީ އައިޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑުން އެކަންޏެވެ. ޓްރެކް ސަރަހައްދުގައި ހުންނަ ޝެޑުން ޕެޓްރޯލު އަޅައިދޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ ވެހިކަލުތަކަށް އެކަންޏެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނެސްފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީއެވެ.

އެގޮތަށް ބަދަލު ގެނައުމުން އައިޖީއެމްއެޗް ކައިރީ ހުންނަ ޝެޑާއި ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑުގައި ކޮންމެ ވެސް ވަރަކަށް ކިއު ބޮޑުވެ ބައެއް ފަރާތްތަކާ ދަތިތަކާ ކުރިމަތިވެފައިވެއެވެ.
ހިޔާލު

މުށިމަސް

މުޅިމާލެ ވަށައިގެން ނޮކޮނެ އެއްކޮޅުން ފަށައިގެން މަސައްކަތް ކުރުމުގެ ޕްލޭނާ ގާބިލްކަން އެބަ ހުންނަންޖެހޭ.. މާލެޔަކީ ކުޑަ އަފި ތޮށްޖެހިފަ އޮތް ތަނަކަށްވާއިރު ރަތްޔިތުނަނަށް ބަލާނުލާ ފަޅުރަށްތަކުގަ ރިސޯޓުތަރަށްގީކުރާގޮތަށް މަސައްކަތް އަތުރާލުމަކީ ވަރަށް ދެރަ ކަމެއް. މީގެންނުކުންނާނެ ދަތިކަން އެއްވެސްވަރަކަށް ވިސްނައިފައި ނެތް ކަން މަސައްކަތުގެ ވައްޓަފާޅުން އެބަކަށަވަރުވޭ.