Umar Ge Sarukaarehgai Kudhi Viyafaarithakah Haassa Samaalukameh
image
އުމަރު ނަސީރު---
1 ކޮމެންޓް
 

އުމަރުގެ ސަރުކާރެއްގައި ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް

މިއަހަރު ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި، ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.
ގައުމެއްގެ އިގްތިސާދުގެ މައި އިންޖީނަކީ އެގައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކަން ފާހަގަކޮށް އުމަރު ވިދާޅުވީ ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހެދިފައިވާ ވިޔަފާރި ގަވައިދުތަކާއި ދައްކަންޖެހޭ ފީތަކުގައި ހުރި ގޮންޖެހުންތަކާއި ބޭންކު ލޯނު ހޯދުމުގައި ގޮންޖެހުންތަކެއް ފަދަ ކަންކަން ހުރިިކަމަށް އުމަރު ފާހަގަ ކުރެއެވެ.

އުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ އަމާޒަކަށްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލަދީ އެމީހުންނަށް މަގުތަނަވަސްކޮށްދީ ވަޒީފާ އުފައްދާ ރާއްޖޭގެ އިގްތިސާދީ އިންޖީނުގެ އެނބުރުން ހަލުވިކުރުން ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ސަރުކާރުގެ ބިޑްތައް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެފަރާތްތަކަށް ހާއްސަކޮށްގެން 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމުކުރާނެ ކަމަށް އުމަރު ވިދާޅުވެއެވެ. އެއިންވެސްޓްމަންޓް ފަންޑުން ލުއި އިސްލާމިކް ފައިނޭންސް ހަމަޖައްސައިދޭނަކަން ފާހަގަކޮށް އުމަރު ވިދާޅުވީ އަލަށް ވިޔަފާރިތަކަށް ނުކުންނަ ފަރާތްތަކަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު ހެދިފައިވާ ގަވާއިދުތައް މަދުކޮށް ދައްކަންޖެހޭ ފީތައް ކުޑަކޮށް އަދި އޭގެ އިތުރުން ސަރުކާރުން ހޯދާ ހިދުމަތަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ބިލްފޮނުވާތާ 25 ދުވަހުގެ ތެރޭގައި ދެއްކުން ދައުލަތުގެ ހުރިހާ މުވައްސަސާތަކެއްގެ މައްޗަށް އަޅުގަނޑު މަޖުބޫރުކުރާނަން" އުމަރު ވިދާޅުވެއެވެ.

އޭގެއިތުރުން، އުމަރު ވިދާޅުވީ، ސަރުކާރުން އާއްމު ފަރާތްތަކަށް ދައްކަންޖެހި ނުދައްކަވާ ހުރި ބިލްތަކަށް ފައިސާ އުމަރުގެ ވެރިކަމުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާނެ ކަމަށެވެ.

ސަރުކާރުން އެކިއެކި އިނާޔަތްތަކާއި ލުއިތައް ދޭ ބޮޑެތި ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވާދަކުރަން ނުޖެހޭނެ މާހައުލެއް ވެސް އޭނާގެ ވެރިކަމުގައި ގާއިމު ކުރާނެ ކަމަށް އުމަރު ވިދާޅުވެއެވެ. އެގޮތުން އެކަން ކަށަވަރު ކުރުމަށް ޓްރޭޑް ކޮމްޕެޓިޝަން ކޮމިޝަނެއް ގާއިމުކޮށް އެކޮމިޝަނުގެ ދަށުން އެކަންކަން ބެލެހެއްޓިގެންދާނެކަމަށް ވެސް އުމަރު ވިދާޅުވެއެވެ.

އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު އިސްވެ ހުންނަވާ ފަހުންވަނީ އިސްލާމިލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާ އެޕާޓީގެ ރައީސްކަން ކުރައްވާފައެވެ. ނަމަވެސް ފަހުން އެޕާޓީ އުވާލަން ނިންމާ އުމަރު އޭރު ރައީސް މައުމޫނު އިސްކޮށް ހުންނެވީ ޑީއާރުޕީއާއި ގުޅިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޖޭޕީއަށް ސޮއިކުރެއްވި އުމަރު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖޭޕީ އިން ވަކިވެވަޑައިގެންފައެވެ. ހަ މަސް ނުވަނީސް އޭނާ ޖޭޕީ ދޫކޮށްލާފައިވާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވަން ހަމަޖެހިފައިވަނީ އަމިއްލަ ގޮތުންނެވެ.
ހިޔާލު

މަރީ

އުމަރުސަރުކާރު އޮންނާނީ އެއްކަލަ ސަބުމެރީން ގަނޑުގެ ތެރޭގައި