Aamir Khan Aai Alia Ekugai Masaikaiy Kuranee
image
އާމިރް ހާނާއި އާލިއާ ބަޓް--
0 ކޮމެންޓް
 

އާމިރުހާނާއި އާލިއާ އެކުގައި މަސައްކަތް ކުރަނީ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރުހާނާއި އެކު ފުރަތަމަ ފަހަރަށް އާލިއާ ބަޓް މަސައްކަތް ކުރަން އުޅޭކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.
ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން އެކްޓަރު އާލިއާ އާ އާމިރް އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ޝަކުން ބާޓްރާގެ ކުރިއަށް އޮތް ފިލްމުގައި ކަމަށްވެއެވެ. ކަޕޫރް އެންޑް ސަން ޑައިރެކްޓުކޮށްފައިވާ ޝަކުން އާއެކު އާލިއާ ވަނީ އެފިލްމުގައި ވެސް މަސައްކަތްކޮށްފައެވެ.

އިންޑިއާގެ ދީނީ ލީޑަރެއްކަމަށްވާ އޮޝޯގެ ނަމުން މަޝްހޫރުވި އަޗާޔާ ރަޖްނީޝްގެ ދިރިއުޅުމުގެ މައްޗަށް ނެރޭ ފިލްމުގައި އޯޝޯގެ ރޯލު ކުޅުމަށް އާމިރުއަށް މިހާރު ހުށަހަޅާފައިވާއިރު އޭނާގެ ޕާސަނަލް ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރި މާ އަނަންދު ޝީލާގެ ރޯލު ހުށަހަޅާފައިވަނީ އާލިއާއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުގައި އާމިރަށް ރޯލުކަމުގޮސްފައިވާއިރު ދެންއޮތީ ރަސްމީކޮށް އެކަން އިއުލާނު ކުރުމެވެ. މީގެއިތުރުން އާލިއާއަކީ ވެސް ތަފާތު ރޯލުތަކުން ފެންނަމުން އަންނަ ފަރާތަކަށްވާއިރު އެފަދަ ރޯލެއް ކުޅުމަށް އާލިއާވެސް އެއްބަސްވެ، އާމިރާއެކު ފިލްމެއްގައި މަސައްކަތް ކުރުމަށް ލިބުނު އެފުރުސަތު ދޫކޮށްލާނެކަމަކަށް ނުބެލެވެއެވެ.

ކަރަން ޖޯހަރު ދަރްމާ ޕްރޮޑަކްޝަންއިން ނެރުމަށް ހަމަޖެހިފައިވާ އެފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

މީގެކުރިން ވެސް އާލިއާ އާ އާމިރް އެކުގައި ތަގްސް އޮފް ހިންދުސްތާނުން ފެންނަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެފިލްމަށް ނަގާފައިވަނީ ކެޓްރީނާ ކައިފެވެ. ތަގްސް އޮފް ހިންދުސްތާނުގެ މަސައްކަތް މިހާރު އާމިރު ކުރަމުން އަންނައިރު އާލިއާ ވެސް އޭނާގެ ޝޫޓިންތަކުގައި މިދުވަސްކޮޅު އުޅެމުން އަންނަނީ ވަރަށް އަވަދިނެތިއެވެ. އެގޮތުން ޒާޔާ އަކްތަރުގެ ކުރިއަށް އޮތް ފިލްމު ގުލީ ބޯއީ އާއި އަޔާން މުކަރްޖީގެ "ބްރައްމަސުތްރަ" އިން އޭނާ ފެނިގެންދާނެއެވެ.

އާމިރް ހާން އެންމެ ފަހުން ފެނިފައިވަނީ ސީކްރެޓް ސުޕަސްޓާ އިންނެވެ. އެގޮތުން އިންޑިއާގެ އިތުރުން ޗައިނާއިން ވެސް އެފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ހިޔާލު