Viyafaariverin kura muzahara thakun mulhi Argentina Huttumakah
image
އާޖެންޓީނާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން---
1 ކޮމެންޓް
 

ވިޔަފާރިވެރިންގެ މުޒާހަރާތަކުން މުޅި އާޖެންޓީނާ ހުއްޓުމަކަށް

އާޖެންޓީނާއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައި އެމް އެފް) ނަގާ 50 ބިލިއަން ޑޮލަރުގެ ލޯން އާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެގައުމުގެ ވިޔަފާރިވެރިންނާއި މަސައްކަތު މީހުންގެ ޖަމިއްޔާތަކުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މުޅި އާޖެންޓިނާ ހުއްޓުމަކަށް އަތުވެއްޖެއެވެ.
މުޒާހާރާ ކުރަމުންދާތީ އެގައުމުގެ ވެރިރަށް ކަމަށްވާ ބުއެނޮސް އެއިރިސްގެ ދަތުރުފަތުރު ކުރާ ވަސީލަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އެގެތެރެއިން ބަސް، ރޭލު އަދި ގައުމުގެ އެތެރޭގައި ކުރާ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން 15 މިލިޔަން އާންމުންނަށް ވަނީ އެކިކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ޖަމިއްޔާތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނީ އެ ލޯނު ނެގުމަށް ނިންމި ނިންމުމަކީ އެގައުމުގެ އިގްތިސާދު އިތުރަށް ވެއްޓޭނެ ނިމްމުމެއް ކަމަށާއި އެގައުމުގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމެއް ކަމަށް ބުނެއެވެ. އަދި އެލޯނު ނެގުމުން އެންމެ ބޮޑު ދަތިތަކާއި ކުރިމަތިލާޏް ޖެހޭނީ އެގައުމުގެ ދަށުފަންތީގެ މީހުންނަށް ކަމަށް ބުނެއެވެ. ނަމަވެސް އެގައުމުގެ ރައީސް މައުރީސިޔޯ މާސީ ވިދާޅުވަނީ އެ ނިންމުމަކީ އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަހަރަކު 30 އިންސައްތަ އިންފްލޭޝަން މައްޗަށްދާ އާޖަންޓިނާގެ މަސައްކަތު މީހުން ދަނީ އިންފްލޭޝަންއާއި އެއްވަރަށް އެމީހުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލަމުންނެވެ. އައިއެމްއެފްއާއި އެގައުމުގެ ރައީސް މައުރީސިޔޯ މާސީއާއި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެގައުމުގެ ފައިސާ އާޖެންޓީން ޕެސޯގެ އަގު އިންތިހާއަށް ވެއްޓި ފައިސާގެ އަގު އެއްކޮށް ގެއްލުމުންނެވެ.
ހިޔާލު

ސައްތާރު

ރާއްޖޭގަ ބިލިޔަނުން ނެގިޔަސް އޯކޭ ދަރަންޏަކީ ތަރައްގީޔޯ؟؟؟