Anhenunnah Emme Nurahkaatheri Qaumakah India
image
ރޭޕްކުރުމާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ
0 ކޮމެންޓް
 

އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކަށް އިންޑިއާ

އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާކަމަށް ދިރާސާ ވޯޓަކުން ދައްކައިފިއެވެ.
ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ސާވޭގައި 550 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކަށް އިންޑިއާވެފައިވަނީ ޖިންސީ ގޯނާ އާއި އަޅު މަސައްކަތަށް މަޖުބޫރުކުރުވާތީ ކަމަށް އެ ދިރާސާއިން ދައްކައެވެ.

އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގައި ދެވަނައިގައި އަފްގާނިސްތާނު ހިމެނޭއިރު ތިންވަނައިގައި އޮތީ ސީރިއާއެވެ. ހަތަރުވަނައިގައި ސޯމާލިއާ އޮތްއިރު ފަސްވަނައިގައި އޮތީ ސައުދީ އަރަބިއްޔާއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ 10 ގައުމުގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

މީގެ ކުރިން 2011 ވަނަ އަހަރުވެސް އެފަދަ ދިރާސާއެއްކޮށް ވޯޓެއް ނަގާފައިވެއެވެ. އޭރު އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި އަފްގާނިސްތާނާއި، ކޮންގޯ އާއި ޕާކިސްތާނުގެ އިތުރުން އިންޑިއާ އަދި ސޯމާލިއާ ހިމެނެއެވެ.

ލިސްޓުގެ އެއްވަނައަށް އިންޑިއާ އެރީ އަންހެނުންނަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިފައިނުވުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އިންޑިއާގެ ދިއްލީގައި ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކޮށް މަރާލި ހާދިސާއަށް ފަސް އަހަރަަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެކަށީގެންވާ ކަންތައްތަކެއް ކުރެވިފައިނުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހިޔާލު