Shaahidhaa ge Maraai Gulhigen Hayyarukuri Eynaa ge Firimeehaa Dhookohlaifi
image
ނޮޅިވަރަމުން މާލެ ގެނައުމަށް ޝާހިދާގެ ހަށިގަނޑު ލޯންޗަށް އަރުވަނީ--
0 ކޮމެންޓް
 

ޝާހިދާގެ މަރާއި ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާ ދޫކޮށްލައިފި

މިއަހަރުގެ މާޗް މަހު އެއް ވަނަ ދުވަހުގެ ހދ. ނޮޅިވަރަމުގައި ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. muni
ވީއެފްޕީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޝާހިދާގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލާފައިވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެމީހާ ދޫކޮށްލި ދުވަހެއް އަދި ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ.

ހދ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޝާހިދާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ އަބޫބަކުރު އިބްރާހީމެވެ.

މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލި ނަމަވެސް މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ.

ޝާހިދާގެ މަރުގެ މައްސަލައިގައި އޭނާ ފިރިމީހާ ހައްޔަރު ކޮށްފައިވަނީ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ގޭގެ ގިފިލި ތެރޭގައި ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ އޭނާގެ ފިރިމީހާއަށް ފެނިފައިވާއިރު، އޭނާ ވަނީ ޝާހިދާ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝާހިދާ ވަނީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޝާހިދާގެ ހަށިގަނޑު ޕޯޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް އަށް ގެންގޮސްފައިވަނީ މާޗް މަހުގެ ހަ ވަނަ ދުވަހުގެ ރޭގައެވެ. އަދި ޕޯސްޓްމޯޓަމް އަށް ފަހު ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލާފައިވަނީ އެމަހު އަށް ވަނަ ދުވަހު ކުޅުދުއްފުށީ ގައެވެ.
ހިޔާލު