World Cup ge Matchthakuge Score Dhimaakohgen XL Energy Drink ge Haasa Inaameh
image
ސްކޯ ދިމާކޮށްގެން އެކްސްއެލް އެނާޖީ ޑްރިންކްގެ އިނާމު ލިބުނު ނަސީބުވެރިއެއް--ފޮޓޯ އެކްސްއެލް އެނާޖީ ޑްރިންކް
0 ކޮމެންޓް
 

ވޯލްޑްކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެކްސްއެލް އެނާޖީ ޑްރިންކްގެ ހާއްސަ އިނާމެއް

މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެކްސްއެލް އެނާޖީ ޑްރިންކްގެ ހާއްސަ ގިފްޓް ހެމްޕާއެއް ލިބޭ ޕްރޮމޯޝަނެއް، އެކްސްއެލް އެނާޖީ ޑްރިންކް ރާއްޖޭގައި މާކެޓު ކުރަމުން އަންނަ ބީއެޗްއެމް ޓްރޭޑާސް އިން ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
ޕްރޮމޯޝަނާއި ގުޅޭ ގޮތުން ބީއެޗްއެމް އިން ބުނީ ވޯލްޑްކަޕްގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން، މެޗުގެ ސްކޯ ދިމާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ޕޯސްޓެއް، އެކްސްއެލް އެނާޖީ ޑްރިންކްގެ ފޭސްބުކް ވެރިފައިޑް ޕޭޖުއަށް އަދި ޓްވިޓާ އެކައުންޓަށް އަޕްލޯޑްކުރެވޭނެ ކަމަށެވެ.

"ކޮންމެ މެޗެއްވެސް ފެށުމުގެ ކުރިން އެ މެޗެއްގެ ސްކޯ ދިމާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ޕޯސްޓަށް ޕްރިޑިކްޓްކުރާ ސްކޯ ކޮމެންޓެއްގެ ގޮތުގައި ޕޯސްޓްކުރުމުގެ ފުރުސަތު މެޗުގެ ދެވަނަ ހާފު ފެށުމާއި ހަމައަށް ހުޅުވާލެވޭނެ" ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ބުނި ގޮތުގައި ކޮންމެ މެޗެއްގެ ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެކްސްއެލް އެނާޖީ ޑްރިންކްގެ ހާއްސަ ގިފްޓް ހެމްޕާއެއް ލިބިގެންދާނެއެވެ. ވޯލްޑްކަޕްގެ ފޯރި ގަދަވެ، ރައުންޑް އޮފް 16 ގެ މެޗުތައް ކުރިއަށް ހުރިއިރު، އިނާމުތައްވެސް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި މިހާރުވެސް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.

އެ ޕްރޮމޯޝަނަކީ ބީއެޗްއެމް ޓްރޭޑާސް އާއި އެކްސްއެލް އެނާޖީ ޑްރިންކްގެ ސޯޝަލް މީޑިއާ މާކެޓިންގް ކުރިއަށް ގެންދާ ޔޭ ސްޓޫޑިއޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ހިޔާލު