Raees Yaminai Yumna Deal Hedhi Kamah JPge Baeh memberunge Thuhumathuthakeh
image
ޔުމްނާ ބައްޕާފުޅު ރައީސް މައުމޫނާއެކު---
1 ކޮމެންޓް
 

ރައީސް ޔާމީނާ ޔުމްނާ ޑީލު ހެދިކަމަަށް ޖޭޕީގެ ބައެއް މެންބަރުންގެ ތުހުމަތުތަކެއް

އިދިކޮޅު ހަރަކާތްތަކުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަރާތްޕުޅުން މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޔުމްނާ މައުމޫނަށް ޖުމްހޫރީ ޕާޓީގެ ބައެއް އާއްމު މެންބަރުންނާއި އެ ޕާޓީގެ ކައުންސިލުގެ ބައެއް މެންބަރުން ބަހުގެ ހަމަލާތަކެއް ދީފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ނިމިދިޔަ ކޮންގްރެސްގައި ހޮވުނު މުހައްމަދު ސައީދު އިއްޔެ ކުރި ޓްވީޓުތަކެއްގައި ޖަލަށްލާފައިވާ ބައްޕާފުޅު ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފިރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ޔުމްނާ ރައީސް އަބްދުﷲ ޔާމީނާ ޑީލު ހެދި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވެއެވެ.



މުހައްމަދު ސައީދުގެ އިތުރުން ޖޭޕީއާއި މިހާރު ގުޅި އެޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ޝާހިދު(ސްޓެޕް އައްޔަ) ވެސް ވަނީ އެމޭރުމުން ތްވީޓުތަކެއްކޮށްފައެވެ.

ޔުމްނާ ރައީސް ޔާމީނާ ޑީލު ހެދި ކަމަށް ޖޭޕީގެ ބައެއް މެންބަރުން ތުހުމަތު ކުރި އިރު އުއްތަމަ ފަނޑިޔާރު ކަމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީއާއި، އަބްދުލް ޣަނީ މުހައްމަދު އައްޔަން ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެ ވޯޓު ދޭން ޖޭޕީގެ ގާސިމް އިބްރާހީމް އެދިވަޑައިގެންނެވުމުން އިދިކޮޅު ގުޅިފައިވާ ޕާލިމެންޓްރީ ގުރޫޕުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

"ރައީސް ޔާމީނާ އެކު ހަދާނެ ޑީލެއް ރައީސް މައުމޫންގެ ނެތް. މިތިބީ ކޯލިޝަނާއެކު ކުރިއަށް ދިއުމަށް. އެއީ ރައީސް މައުމޫންގެ ވިސްނުންފުޅު. އެގޮތަށް މިތިބީވެސް،" ޔުމްނާއަށް ކުރާ އެ ތުހުމަތުތަކާ ގުޅިގެން ރައީސް މައުމޫން ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނާދިރާ ވިދާޅުވިއެވެ.
ހިޔާލު

ހޯރަ

ޔާމީނާ ޑީލެއް ހެދިޔަސް ސަލާމަތެއް ނެތެވެ. އަނެއްކާވެސް އަތް ލަންބާލާނެއެވެ. ގާސިމަށް ހެދިގޮތް ހަދާލާނެވެ. ވެރިން ލިބުމާއެކު ކިރިޔާވެސް އަތަކަށް ޖެހޭއިރަށް ބާރުކޮށްލާނެއެވެ. ގުޑާލިޔަކަ ނުދޭނެއެވެ.