Nairobi Ge Emme Bodu Baazaarugai Roave 15 Meehun Maru Vehje
image
ނައިރޯބީގެ ގިކޮމްބާގައި ރޯވެފައި----
0 ކޮމެންޓް
 

ނައިރޯބީގެ އެންމެ ބޮޑު ބާޒާރުގައި ރޯވެ 15 މީހުން މަރުވެއްޖެ

ކެންޔާގެ ވެރިރަށް ނައިރޯބީގެ އެންމެ ބޮޑު މަގުމަތީ ބާޒާރު ގިކޮމްބާގައި ރޭ ރޯވެ 15 މީހުން މަރުވެއްޖެއެވެ.
އެއަލިފާނުގެ ހާދިސާގައި 15 މީހުން މަރުވިއިރު އިތުރު 50 މީހުންނަށް ވާނީ އެތައް އަނިޔާތަކެއް ވެފައެވެ. ނަމަވެސް އެއަލިފާނުގެ ހާދިސާ މެދުވެރިވާންނި ސަބަބެއް ނޭންގެއެވެ. ނަމަވެސް މިބާޒާރުގައި ވަރަށް ގިނައިން ހިނގާކަމެއްކަމާއި މިއީ ބަޔަކު ވިޔަފާރިތަކަށް ބުރުއަރުވަން ދޭހަމަލާތަކެއް ކަމަށް ނައިރޯބީގެ ހަބަރު ފަތުރާވަސީލަތްތަކުން ބުނެއެވެ.

ދަންވަރު 2:30 ހާއިރު ބޮޑުވަމުންދިޔަ އަލިފާންގަނޑު ފެތުރެމުންދިޔައީ މީހުން ދިރިއުޅޭ އިމާރާތް ތަކަށާއި ބާޒާރުގެ ގޮޅިތަކަށެވެ. އަލިފާންގަންޑު ނިއްވާލެވުނީ ގަޑިން 4:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

ބާޒާރުގެ ގޮޅިތަކުން މުދާ ސަލާމަތް ކުރުމުގެ ތެރޭގައިވެސް ގިނަ ބަޔަކު އަނދާ، އަނެއް ބަޔަކު ވިހަގަދަ ދުމުގެ ސަބަބުން މަރުވެ، ޒަހަމްވެފައިވެއެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ގޮތުގައި މަރުވި 15 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭކަމަށެވެ.

ހިޔާލު