Rasmee Reserve $788.8 Million Ah Ithuru Vehje
image
އެމްއެމްއޭ އިމާރާތް---
1 ކޮމެންޓް
 

ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ އެމްއެމްއޭ އިން މިއަދު ނެރުނު ތަފާސްހިސާބުގައި މަހުން މަހަށް ބަލާއިރު އެއީ ނުވައެއް އިންސައްތަ އިތުރުވެފައިވެއެވެ. އެމްއެމްއޭ އިން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު އަހަރުން އަހަރަށް އަޅާކިޔާއިރު އެއީ 59 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ފަހުން އެމްއެމްއޭއިން ރިޒާވާ ބެހޭ މައުލޫމާތު ނެރިފައިވަނީ މިދިޔަ ފެބްރުއަރު މަހުއެވެ. އޭރު ރަސްމީ ރިޒާވް ހުރީ 625 މިލިޔަން ޑޮލަރުގައެވެ. އޭރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއީ އަހަރުން އަހަރަށް ބަލާއިރު 31 އިންސައްތައިގެ އިތުރުވުމެކެވެ.

އެމުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެއިން ޔޫސަބަލް ރިޒާރވް ގޮތުގައި ހުރީ 205.6 މިލިއަން ޑޮލަރެވެ.

އަހަރުން އަހަރަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދެ އިންސައްތަ އިތުރުވި ނަމަވެސް، މަހުން މަހަށް ބަލާއިރު އެ އަދަދަށް ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައިނުވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ހިޔާލު

ޣުއިއްޒު

ޢިތުރުވާނެ އެކަމަކު އެއްޗެއް ނުހުންނާނެ