Houthi leader akaai 70 hanguraamaverin maraalaifi
image
ހޫތީ ލީޑަރަކާއި 70 ހަނގުރާމަވެރިން މަރާލައިފި
0 ކޮމެންޓް
 

ހޫތީ ލީޑަރަކާއި 70 ހަނގުރާމަވެރިން މަރާލައިފި

ޔަމަނުގެ ހޫތީންގެ އިސް ލީޑަރަކާއި 70 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ހޫތީންނާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އަރަބި ކޯލިޝަންގެ ހަމަލާތަކެއްގައި މަރާލާފައިވަނީ ހޫތީންގެ އިސް ލީޑަރެއްކަމަށްވާ އަބްދުލް ނަސީރު އަލްޖުނައިދީއެވެ. އޭނާއަކީ 2016 ވަނަ އަހަރު ބޭއްވި ސުލްހައިގެ ވާހަކަ ތަކުގައި ހޫތީންގެ ފަރާތުން ބައިވެރިވި ލީޑަރެކެވެ.

ނަމަވެސް ޖުނައިދީ މަރާލާފައިވަނީ ކޮން އިރަކުކަމެއް އަދި އެ ހަމަލާ ދީފައިވަނީ ކޮންތަނަކަށްކަމެއް ހޫތީން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި އަރަބި ކޯލިޝަންގެ ހަމަލާތަކުގައި ހޫތީންގެ 70 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޔަމަން
ހިޔާލު