Aaila ah insaafu libeyne kamah ummeedhu kuran: Dunya
image
ދުންޔާ މައުމޫނު: ފައިލް ފޮޓޯ
0 ކޮމެންޓް
 

އާއިލާއަށް އިންސާފު ލިބޭނެކަމަށް އުއްމީދު ކުރަން: ދުންޔާ

އާއިލާއަށް އިންސާފު ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިންގ މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ ކޮއްކޮ ފާރިސް މައުމޫނަށް ބުދަ ދުވަހުގެ ރޭ ކުރި ހުކުމާއި ގުޅިގެން ނެރުއްވި ކުރު ބަޔާނެއްގައެވެ.

ދުންޔާ ވިދާޅުވީ ފާރިސްއަށް ހުކުމްކުރި ކަމުގެ އަޑުއެހީ ފުން ހިތާމަޔާއެކު ކަމަށާއި ފާރިސްގެ މައްޗަށް ހުކުމް އިއްވީ 11 މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހުގައެވެ. ދުންޔާ އިތުރަށް ވިދާޅުވީ ފާރިސްއަކީ ބައްޕާފުޅު، ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމުގައެވެ.

މީގެ އިތުރުން ޕީޕީއެމް އުފެއްދުމާއި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި ފާރިސް މައުމޫން، މުހިންމު ދައުރެއް އަދާކުރެއްވި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށާއި ފާރިސްގެ އިތުރުން ޅިޔަނު މުހައްމަދު ނަދީމްގެ މައްޗަށްކުރެވޭ ދައުވާތަކުގައި އިންސާފު ލިބޭނެކަމުގެ އުއްމީދު ކުރައްވާ ކަމުގައެވެ.
ދުންޔާ މައުމޫނު
ހިޔާލު