Raees Naseed ge ninmevumah dunya ves thau'reef
image
ދުންޔާ މައުމޫނު: ފައިލް ފޮޓޯ
1 ކޮމެންޓް
 

ރައީސް ނަޝީދުގެ ނިންމެވުމަށް ދުންޔާވެސް ތައުރީފް

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ތައުރީފު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ ނިންމެވުމާއި ގުޅޭގޮތުން ސިޔާސީ ބޭފުޅުން ރައީސް ނަޝީދަށް ތައުރީފް ކުރަމުން ގެންދަވަނިކޮށް ދުންޔާ ވިދާޅުވީ ރައީސް ނަޝީދުގެ ނިންމެވުމަކީ ތަސައްރަފް ފުދިފައިވާ ނިންމެވުމެއް ކަމުގައެވެ.
މީގެ އިތުރުން ރިޔާސީ ރޭހުން ފަހަތައް ޖެހިވަޑައިގެންނެވުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމުގެ ސަބަބުން އެމްޑީޕީގެ އާލީޑަރޝިޕަކަށް ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ދުންޔާ ވިދާޅުވުއެވެ.

އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް ރައީސް ނަޝީދު ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމާއި ގުޅިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ރިޔާސީ ޓިކެޓް ހޯއްދަވާފައިވާ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓް ދޫކޮށްލެއްވިކަން އިއުލާން ކުރާނީ މިއަދު މެންދުރު ފަހު އއ އުކުޅަހުގައި އޮންނަ އެޕާޓީގެ ކޮންގްރެސްގައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދަށް ފަހު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހަށެވެ،
ހިޔާލު

އަބުރު

ފިނޑިއެއް...