Ukulhas: MDP ah Khaassa
image
ކޮންގްރެސްގައި ބައިވެރިވާ ފަރާތްތައް އުކުޅަހުގައި--ފޮޓޯ ވީއެފްޕީ
0 ކޮމެންޓް
 

އުކުޅަސް: އެމްޑީޕީއަށް ހާއްސަ

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މާލޭގައެވެ. އެއީ އެއްތަނަކަށް އެހާ ބައިވަރު މީހުން އެއްވެ ތިބެ ކަންތައްތަކެއް ކުރާއިރު ހުރިހާ އިންތިޒާމުތަކެއް ވެސް މާލެއިން ހަމަޖައްސަން ފަސޭހަވުމެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދެން ނިންމީ އއ.އުކުޅަހުގައި ކޮންގްރެސް ބޭއްވުމަށެވެ. muni
އެމްޑީޕީގެ އެ ނިންމުމާއެކު އެމްޑީޕީއާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގާ ކަންކަމަށް ޝައުގުވެރިކަން ހުންނަ އެތައް ބަޔަކު "އުކުޅަސް ކީއްވެތޯ" ސުވާލު ކުރިއެވެ. އެކަމަށް ޖަވާބުތަކެއް ދޭނަމެވެ. އެ ޖަވާބު ކޮންމެހެން މީހެއްގެ ފުށުން ހޯދާކަށް ނުޖެހެއެވެ. އުކުޅަހަށް އަރާލުމުން އެކަނި ވެސް ފުދޭނެއެވެ.

ކޮންގްރެސް ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއް މެންބަރު ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ނައިބު އަލީ ޝިޔާމް ވިދާޅުވީ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމީ މާލެއިން ބޭރުގައި އެންމެ ކައިރީ ހިސާބެއްގައި އެންމެ ފަސޭހައިން ބާއްވާލެވޭނެ ތަނަކަށް އުކުޅަސްވުމުން ކަމަށެވެ. އޭގެއިތުރުން އިސްލާހީ މަސައްކަތް އަދި އެމްޑީޕީގެ އެކި އެކި ހަރަކާތްތަކުގައި އުކުޅަހުގެ ހިތްވަރު ގަދަ ރައްޔިތުން ދައްކަމުންދާ މިސާލު ވެސް ފާހަގަކޮށްލެވޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އުކުޅަހަށް ނިސްބަތްވެވަޑައިގަންނަވާ އަދި އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސް ދާއިރާގެ ނައިބު ރައީސް މޫސާ ނައީމު ވިދާޅުވި ގޮތުގައި އެމްޑީޕީއާއި އުކުޅަހާއި އަދި އުކުޅަހުގެ ރައްޔިތުންނާއި އޮތީ "ހިތާ ހިތުގެ ގުޅުމެކެވެ."


ކޮންގްރެސް އަށް އުކުޅަސް ތައްޔާރުވެފައި

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންގެ ދައުރު ބޮޑު

މޫސާ ނައީމް ވިދާޅުވި ގޮތުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް އޭރު ކުރަމުން ދިޔަ މަސައްކަތް އަދި އޭގެ ފަހުން އިސްލާހީ މަސައްކަތުގައި އުކުޅަހުގެ ރައްޔިތުންގެ ދައުރު ބޮޑެވެ.

"އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއި ކުރި މޚީހުންގެ ލިސްޓުގައި އުކުޅަހުގެ ކިތައް މީހުން ތިބިތޯ ބަލާލުން މުހިއްމު. 2004 ގައި ޕާޓީ އުފެއްދުމަށް ކުރި މަސައްކަތުގައި ފޯމު ފުރުމާއި، އޭރު ކުރި މުޒާހަރާތަކާއި އެ ހުރިހާ ކަމެއްގައި ވަރަށް އިސްކޮށް މިރަށުގެ ޒުވާނުން އުޅުނު.. ހާއްސަކޮށް ވެރިކަން ވެއްޓުމަށްފަހު އެމްޑީޕީ ޕްރޮމޯޓު ކުރަން އަތޮޅޫ ތެރެއަށް ކުރި ދަތުރުތަކުގައި އުކުޅަހު ރައްޔިތުންގެ ބައިވެރިވބުން ބޮޑު،" މޫސާ ނައީމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ލީޑަޝިޕަށް އެނގޭނެ އެންމެންގެ ސަޕޯޓު ލިބޭނީ އުކުޅަހުން. މިރަށުގެ ކައުންސިލު އެމްޑީޕީ، މިރަށުގެ ވިޔަފާރިވެރިން އެމްޑީޕީ އެހެންވީމަ ކަންކަން މިރަށުގައި ކުރަން އެހާ އުނދަގުލެއް ނުވާނެ، މޫސާ ނައީމް ވިދާޅުވިއެވެ.


ކޮންގްރެސް އަށް އުކުޅަސް ތައްޔާރުވެފައި


އެމްޑީޕީއަށް އުކުޅަހުގައި ތާއީދު ބޮޑު

ކޮންގްރެސްގައި ބައިވެރިވާން 1000 ވުރެ ގިނަ މީހުން އުކުޅަހަށް އަރާއިރު ކޮންގްރެސްގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތާއި ރަށު ތެރެ ޒީނަތްތެރިކޮށް ރަންރީނދުލުން ޖަރީކޮށްފައިވާލެއް ބޮޑެވެ. އެ ހުރިހާ ކަމަކަށް ބަލާލުމުން އެއީ އެންމެ މީހަކު ދެމީހެއްގެ މަސައްކަތް ނޫންކަން ސާފެވެ.

އާބާދީގައި 1200 އެއްހާ މީހުން އުޅެމުން އަންނަ އުކުޅަހުގެ 90 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އެމްޑީޕީގެ ސަޕޯޓަރުންނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ އެމްޑީޕީގެ މެންބަރުން ވެސްމެއެވެ. އެހެންކަމުން ކޮންގްރެސްއަށް ރަށް ތައްޔާރު ކުރުމުގައި އުކުޅަހުގެ ރައްޔިތުން ދައްކަމުންދަނީ އާދަޔާ ހިލާފު ހިތްވަރަކާއި ޖޯޝެކެވެ.

"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވެފައިވާ ތައްޔާރީތަކެއް ތިބޭފުޅުންނަށް ތި ފެނިވަޑައިގަންނަވަނީ. މިއީ މިރަށުގެ ހުރިހާ ރައްޔިތުންނެއްގެ ހެން މަސައްކަތުން ހޯދިފައިވާ ނަތީޖާއެއް. ކޮންގްރެސްއަށް ދަމާފައިވާ ދިދަ ފޮތިތަކާއި ވެފައިވާ އެހެނިހެން ތައްޔާރީތަކަށް އިޝާރާތްކޮށް މޫސާ ނައީމް ވިދާޅުވިއެވެ.


ކޮންގްރެސް އަށް އުކުޅަސް ތައްޔާރުވެފައި


އެމްޑީޕީގެ ސިޔާސަތުތަކުގެ މަންފާ ބޮޑު ރަށެއް

އުކުޅަހަކީ މާ ބޮޑު ރަށެއް ނޫނެވެ. ނަމަވެސް އުކުޅަހުގައި މިހާރު ވެސް 24 ގެސްޓު ހައުސް އެބަހުއްޓެވެ. އިތުރު ހަ ގެސްޓު ހައުސްއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ރަށު މީހާގެ ޖީބަށް ޑޮލަރު ނުވަތަ މުއްސަނދިކަން ރައްޔިތު މީހާގެ ޖީބަށް" އެމްޑީޕީގެ އެ ޝިއާރުގެ ދަށުން ތައާރަފު ކުރި އެއް ސިޔާސަތު ކަމަށްވާ ގެސްޓު ހައުސް ސިޔާސަތުގެ ކާމިޔާބުކަން އުކުޅަހުން ދަނީ ސާބިތުކޮށްދެމުންނެވެ. ޖުމްލަ 24 ގެސްޓު ހައުސްއެއް ހުރި އިރު އޭގެތެރެއިން ގިނަ ތަންތަނަކީ ސީދާ އުކުޅަހު މީހުންނަށް ނިސްބަތްވާ ނުވަތަ އުކުޅަހު މީހުންގެ ހިއްސާ އޮތް ތަންތަނެވެ.

"ވަޒީފާއެއް ބޭނުން ވެގެން ދާނެ ވަޒީފާއެއް ނެތިގެން އެއްވެސް ޒުވާނަކު މިރަށުގައި ނެތް. މިރަށަކީ ވަޒީފާ ވިހާ ރަށެއް މިހާރު. ކަމެއް ނެތިފައި ތިބި އެތައް ޒުވާނުންނަކަށް އުންމީދު ލިބިއްޖެ. ރަށުގައި ތިބެގެން ބޮޑު މުސާރަ އެބަ ލިބޭ،" އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވިއެވެ.

ގެސްޓު ހައުސް ވިޔަފާރިއާއެކު ދެން ހުޅުވިގެން ދިޔަ ދޮރުތައް ވެސް ކުޑައެއް ނޫނެވެ. މުޅި އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް އުކުޅަހުން ހިފަހައްޓަމުން ގެންދާ އިރު، ގެސްޓު ޝޮޕުތަކުގެ ވިޔަފާރި މިހާރު ވަނީ ފެށިފައެވެ. ލޯންޑްރީ ފަދަ އެތައް މަސައްކަތެއް ރަށުގެ އަންހެނުންގެ އަތް މަތި ތިޔާގި ކޮށްދެއެވެ.
ހިޔާލު