India gai 7 Aharuge Kujjaku Rape Kohlaifi
image
މަދްޔަ ޕްރަދޭޝްގައި ގިނަ ބަޔަކު މަގުމައްޗައް ނިކުމެ ހިތްހަމަ ނުޖެހުން ފާޅު ކުރަނީ-----
0 ކޮމެންޓް
 

އިންޑިއާގައި ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށްލައިފި

އިންޑިއާގެ މަދްޔަ ޕްރަދޭޝުގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.
އެ ހާދިސާ ހިނގީ މިމަހުގެ 26 ވަނަ ދުވަހު، ސްކޫލް ނިމިގެން، އެކުއްޖާ ބަލާ މަންމަ އަންނަންދެން ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ، ފިރިހެނަކު އައިސް އެކުއްޖާއަށް މެޓާދީ އެހެން ހިސާބަކަށް ގެންދިއުމަށް ފަހުއެވެ. އެހާދިސާއާއި ގުޅިގެން އެއަވަށުގެ މަގުމައްޗަށް ވަނީ މީހުން ނިކުމެ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ސީސީޓީވީ ކެމެރާތަކުގެ އެހީގައި އިންޑިއާ ފުލުހުން ވަނީ އެ މައްސަލައާއި ގުޅުން ހުރި ދެ މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އިރުފާނު އާލިޔާސް އާއި 24 އަހަރުގެ އާސިފް ކިޔާ މީހެކެވެ.

އިންޑިއާ ފުލުހުހުން ބުނި ގޮތުގައި އިރުފާން އެކަނި އައިސް އެކުއްޖާ ގެންގޮސް، އާސިފް އާއި ދެމީހުން އެކުއްޖާ ރޭޕްކުރީ އެހިސާބުގަނޑުގައި ގިނަ ބަސްތައް އެއްވައި ހިސާބަށް ކަމަށާއި، ގަދަކަމުން ގަސްތަކެއްތެރެޔަށް ވަދެއެވެ.

އެކުއްޖާ ރޭޕްކުރުމަށް ފަހު ކަރުގައި ވަޅިއަޅާ، މަރާލަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެކަން ކާމިޔާބު ނުކުރެވެނިސް އެ ކުއްޖާ ވަނީ ސަލާމަތްކޮށްފައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު އެކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގައި ރޭޕްގެ މައްސަލަތައް ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެގޮތުން އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އިންޑީއާ ވަނީ ހިމެނިފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ 13 މިނެޓަކު އަންހެނަކު އެގައުމުގައި ރޭޕްކުރެވެއެވެ.
ހިޔާލު