Kinbidhoo gai Kuda Kujjaku Dhanjehigen Maruvejje
image
ތ. ކިނބިދޫ-- ފޮޓޯ:ސޯޝަލްމީޑިއާ
0 ކޮމެންޓް
 

ކިނބިދޫގައި ކުޑަ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ

ތ. ކިނބިދޫގައި ކުޑަ ކުއްޖަކު ދަންޖެހިން މަރުވެއްޖެއެވެ.
ވީއެފްޕީ އާ ވާހަކަ ދައްކަމުން ކިނބިދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި އެކުއްޖާ ދަންޖެހިގެން މަރުވެފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 9:00 އާއި 11:00 އާ ދޭތެރޭގައެވެ. އުމުރުން 17 އަހަރުގެ އެއަންހެން ކުއްޖާ ދަންޖެހިފައި ހުރި ތަން ފުރަތަމަ ފެނިފައި ވަނީ އެކުއްޖާގެ އާއިލާއަށް ކަމަށް ކިނބިދޫ ކައުންސިލުން ވާހަކަ ދެއްކި މެންބަރު ވިދާޅުވިއެވެ.

އެ ކުއްޖާ ދަންޖެހުނީ ކީއްވެގެންކަން ނޭނގޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެ ކުއްޖާއަކީ ސިއްހީ މައްސަލައެއް ހުންނަ ކުއްޖެއް ނޫން ކަމަށާއި ދަންޖެހުނު ރޭގައިވެސް އެކުއްޖާ މަޖާކޮށް ހީ ސަމާސާކޮށްފައިވާ ކަމަށް އެރަށުން ވާހަަކަ ދެއްކި މީހާ ބުންޏެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.ހިޔާލު