Nurahkaatheri Launch Accident Eh Hingai Fathuruveriaku Maruvejje
image
ލޯންޗެއް މާލެއިން ފުރަނީ--- ފޮޓޯ: ވީނިއުސް
3 ކޮމެންޓް
 

ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއް ހިނގައި ފަތުރުވެރިއަކު މަރުވެއްޖެ

ބ. އަތޮޅު ފިނޮޅު ރިސޯޓުގެ ފަޅުތެރެއަށް ސްނޯކެލިންއަށް ގޮސްއުޅުނު ޗައިނާގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރިސޯޓުގެ ފަޅު ތެރޭގައި ފީނަން އޮތް ދެމީހުންގެ ގައިގާ ޑިންގީއެއްގެ ބުރަފަތިން ޖެހި އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޗައިނާގެ ފިރިހެން ފަތުރުވެރިއާ މަރުވެފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަދި އެހާދިސާގައި މަރުވި ފިރިހެން މީހާގެ އަންހެނުންނަށްވެސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ މޫނުމަތީގެ ތަންތަން ކަނޑައިގެން ގޮސްފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އަންހެން މީހާއަށް އަންނަނީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

އެހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ 27 އަހަރުގެ ފިރިހެން މީހާ މަރުވެފައިވާކަމަށާއި 24 އަހަރުގެ އަންހެން މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި އިތުރު ފަރުވާއަށް އެއަންހެން މީހާ މާލެ ގެނެއުޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:30 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު

ރިޒޯޓު މީހާ

ޗައިނާ މީހުން ގެ ހަމަ އާއްމު ކަމެއް ނެރު ތެރެޔާ އޮޑި ފަހަރު ދުއްވާ ތަންތަާ ސްނޯރކްލް ކުރުން.ވަރަށް ސަމާލު ވާންޖެހޭ ކަމެއް މި.

އަލިހުތާ

ސްނޯކްލިނ އަށް ނެރުމައްޗަށް ޗައިނާ މީހުން އެރުމަކީ އާންމު ކަމެއް.. ތި މީހުން ގެންނަ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ.

ބުރިޖު

ފަރުވާކުޑަކަމުން ވާ ކަންތައް. ކިހާދެރަ