Dhiraagu Fixed Broadband Internet Packagethakuge Allowance Ithurukohfi
image
ދިރާގު ހެޑް އޮފީސް--ފައިލް ފޮޓޯ
0 ކޮމެންޓް
 

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ އެންމެ މަގުބޫލު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށްފިއެވެ. އޭގެ އިތުރން ދިރާގުން ވަނީ މުޅިން އާ ޕެކޭޖެއް ތައާރަފުކޮށްފައެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖުތަކުގެ އެލަވަންސް އިތުރު ކުރުމުން ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް އިތުރުކޮށްފައިވާ ކަމަށެވެ.

"ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސްއެމްއެސް އަކުން އަންގައި ދިނުމުގެ އިންތިޒާމު ވަނީ ކަސްޓަމަރުންނަށް ނުހަނު ލުއި ފަސޭހަ ވާނެ ފަދަ ގޮތަކަށް ހަމަޖައްސާފަ. އެގޮތުން އެސް އެމް އެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއިއެކު އެކްޓިވޭޓް ކޮށްލެވޭނެ." ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަރކޮށް ބެލެހެއްޓޭނެ ކަމަށާއި ދިރާގު މޯބައިލް އެޕް މެދުވެރިކޮށްވެސް އިންޓަނެޓް ޔޫސޭޖް ބެލޭނެ ކަމަށެވެ.

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖު ތަކަށް އައި ހެޔޮ ބަދަލާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް ގެ އެޑް އޮން ނުވަތަ ބޫސްޓަރ ތަކަށްވެސް ވަނީ ކުރި އެރުން ތަކެއް ގެނެސްފައި އެވެ. އެގޮތުން ހުރިހާ ބޫސްޓަރ އެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައިއެވެ. އަދި ހަމަ އެއާއެކު، 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓަރ މިހާރު ލިބިގެން ދާނީ އެންމެ 790 ރުފިޔާ އަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގެގައި އެންމެ ގިނަ ޑޭޓާ އެލަވަނަސް ފޯރުކޮށްދޭ ނެޓްވޯކަކީ ދިރާގެވެ

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބަރ 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަރގެ ހިދުމަތް ފޯރުކޮށްދީފައެވެ. އެހެންކަމުން މިހާރު ރާއްޖޭގެ އާބާދީގެ 66 އިންސައްތައަށް ދިރާގު ފައިބަރ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އަދި ހަމަ އެއާއެކު، ދިރާގު އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފައިއެވެ.
ދިރާގު އިންޓަނެޓް
ހިޔާލު