Uganda Gai Social Media Tax Nagany
image
ބައެއް ސޯޝަލް މީޑީއާ އެޕްތައް---
0 ކޮމެންޓް
 

ޔުގަންޑާގައި ސޯޝަލް މީޑިއާ އިން ޓެކްސް ނަގަނީ

ސަރުކާރުން ނިންމާފައިވާ ގޮތާއި އެއްގޮތަށް ޔުގަންޑާގެ މުއާސަލާތީ ހިދުމަތްތައް ދޭ ކުންފުނިތަކުން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އަތުން ޓެކްސް އެއް ނަގަން ނިންމައިފިއެވެ.
ނިމިގެންދިޔަ ޖޫން މަހު ޔުގަންޑާގެ ރައްޔިތުންގެ މަޖިލީހުން ވަނީ 'އޮވާ ދަ ޓޮޕް' ނުވަތަ އޯޓީޓީ ސާވިސަސް ބޭނުން ކުރާ މީހުންގެ އަތުން ޓެކްސް ނަގަން ފާސްކޮށްފައިވެއެވެ. ސޯޝަލް މީޑިއާ ބޭނުން ކުރާއިރު ޓްކްސް ނަގާނީ ވަޓްސްއެޕް، ފޭސްބުކް، ޓްވިޓާ، މެސެންޖާ، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ އެޕްތައް ބޭނުން ކުރާ ފަރާތް ތަކުންނެވެ. ޔުގަންޑާގެ ރުފިޔާކަމަށްވާ ޝިލިންގްސް އިން ބަލާއިރު 200 ޝިލިންގްސް ނުވަތަ 0.0516 އެމެރިކާ ޑޮލަރު ދުވާލަކު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެގައުމުގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިޓެކްސް ނަގާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ އެޕް ބޭނުން ކުރުމުގެ ކުރިން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ޓެކްސް ދައްކަން ހަމަޖެހިފައި ވަނީ އެމީހެއް ބޭނުން ކުރާ މުއާސަލާތީ ހިދުމަތްދޭ ކުންފުނީގެ މޮބައިލް ޕޭ ހިދުމަތް ބޭނުން ކޮށްގެންނެވެ. ހަމަ އެގޮތުން ކަސްޓަމަރަކު އެއް ޑިވައިސުން ފައިސާ ދައްކައިފި ކަމަށް ވަންޏާ، އެ ކަސްޓަމަރަކު ބޭނުން ކުރާ ތިން ޑިވައިސެއްގައި އިތުރަށް ފައިސާ ނުދައްކާ ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރެވޭނެއެވެ.

އެފްރިކާއަކީ ދުނިޔޭގެ ޑޭޓާ އަގުތައް އެންމެ ބޮޑު އެއް ސަރަހައްދެވެ. އަދި ޔުގަންޑާގައި 41 މިލިއަން މީހުން އުޅޭއިރު، 23.6 މިލިއަން މީހުންނަކީ ފޯނު ބޭނުން ކުރާ މީހުންނެވެ. އަދި އޭގެ އިތުރުން 17 މިލިއަން މީހުންނަކީ އިންޓާނެޓް ބޭނުން ކުރާ މީހުންނެވެ.

ޔުގަންޑާގެ ސަރުކާރުން މިކަމާ ގުޅިގެން ބުނީ މިއީ އެހިދުމަތްތައް ދޭން ކޮންމެހެންވެސް ނަގަންޖެހޭ ޓެކްސް އެއް ކަމަށެވެ.
ހިޔާލު