Anekkaves Iheavan huvafenun thankolheh dhakkalaifi
image
ރައީސް ޔާމީން އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ
14 ކޮމެންޓް
 

އަނެއްކާވެސް އައިހެވަން ހުވަފެނުން ތަންކޮޅެއް ދައްކާލައިފި!

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އައިހެވަން މަޝްރޫއުއަކީ މި ސަރުކާރުގެ މިހިނގާ ދައުރުގެ އެންމެ ބޮޑު އެއް ވައުދެވެ. ހާއްސަކޮށް ބޮޑު ތިލަދުންމައްޗާއި އުތުރުގެ ރައްޔިތުންނަށް ދައްކާ ކުލަ ނުވާ ބޮޑު ހުވަފެނެވެ. kobadoctor
އެންމެ ފަހުން ސަރުކާރުން އައިހެވަންގެ ވާހަކަ ދެއްކީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަސް ތެރޭ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ނިންމާނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު 2017 ޖުލައި މަހުގެ 6 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މާސްޓަރ ޕްލޭން 2017 ޖުލައިމަހުގެ ތެރޭގައި ނިންމާ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ދުވަސްތައް ގުނަމުން ދާއިރުވެސް އެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްތާންގައި އޭގެ ފަހުން މާސްޓަރ ޕްލޭންގެ ވާހަކަވެސް އަދި އައިހެވަންގެ މަޝްރޫއުގެ ވާހަކަވެސް ސަރުކާރުގެ ވެރިން ނުދައްކަވައެވެ.

ނަމަވެސް އިއްޔެއަކީ އަނެއްކާވެސް އައިހެވަންގެ ހުވަފެނުގެ ތަންކޮޅެއް އުތުރުގެ ރައްޔިތުންނަށް ދައްކާލި ދުވަހެކެވެ.

1993 ވަނަ އަހަރު ނިކުތް ހިންދީ ފިލްމު ދާމިނީގައި ވަކީލެއްގެ ސީންގައި ސަނީ ޑީއޯލް ބުނާހެން "ތާރީހް ޕަރް ތާރީހް ޕަރް ތާރީހް ޕަރް ތާރީހް ޕަރް ތާރީހް ޕަރް ތާރީހް ޕަރް" މިގޮތަށް ތާރީހުތައް ތައް ދެމުންގޮސް އައިހެވަންގެ މަޝްރޫއުގެ ހިންގުމަށް ކަނޑައެޅިފައިވާ ބައެއް ރަށްތައް މިހާރު ވަރުވާއަށް ލާފައި ވަނިކޮށް އިއްޔެ ށ ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް އަބްދުﷲ ޔާމީން އިއްޔެ ދެއްކެވި ވާހަކަފުޅުގައި އަނެއްކާވެސް މިވަނީ "އައިހެވަން" ގެ ބޮޑު ވާހަކައިގެ ކުޑަ މިންވަރެއް ވިދާޅުވެ ދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އައިހެވަން މަޝްރޫއުގެ މަތިން ސަރުކާރުން ހަނދާން ނައްތާނުލާ ކަމުގައެވެ. އަދި އެ މަޝްރޫއު މަޑުޖެހިފައިވާ ސަބަބު މިވަގުތު ހާމަކުރެވެން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް މަޝްރޫއު ކުރިއަށް ނުގެންދެވި އޮތީ ފައިސާ ނެތިގެން ނޫންކަމަށާއި އަދި އިންވެސްޓްކުރާނެ ފަރާތްތައް ނެތިގެން ނީންކަމަށްވެސް ރައީސް ޔާމީން އިއްޔެ ވިދާޅުވިއެވެ. މިއީ އައިހެވަން މަޝްރޫއުގެ ފޮނި ހުވަފެނުގެ ވާހަކަ ހުދު ރައީސް ޔާމީންވެސް ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އިންތިހާބެއް ބޯމަތިވުމުން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ވަޒީރުންނާއި ކޯޑިނޭޓަރުން އަދި ކައުންސިލަރުންވެސް މި "ހުތް" އުތުރުގެ ރައްޔިތުންގެ ބޮލަށް ފިތާލައެވެ.

މީގެ ކުރިން 2017 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އެ އަހަރުގެ ފެބްރިއަރީ މަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2017 އޭޕްރީލް މަސް ނިމުނުގެ ކުރިން އައިހެވަން މާސްޓަރ ޕްލޭން ނިމި އައިހެވަންގެ ތަރައްޤީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް ކުރިން އައިހެވަންގެ މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އިރު މާސްޓަރ ޕްލޭން އެކުލަވާލުމަށް ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ގްރޫޕާއި 2016 ވަނަ އަހަރު ނޮވެމްބަރު އެއް ވަނަ ދުވަހު ހަވާލު ކުރިއެވެ.

އެސްޖޭއާ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަދަނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ދާއިރާކަމަށްވާ އެއާޕޯޓަކާއި، ޓްރާންޝިޕްމަންޓް ބަނދަރަކާއި، ބަންކަރިންގެ ހިދުމަތާއި، ރިއަލް އެސްޓޭޓާއި، ޝޮޕިން މޯލްތަކުގެ އިތުރަށް، ރިސޯޓް މަޝްރޫއުތަކަށް އަމާޒުކޮށްގެން ނެވެ.

އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެއް ކަމަށްބުނެ ސަރުކާރުގެ ބޮޑު ވައުދެއްގެ ގޮތުގައި އަދި އުތުރުގެ ރައްޔިތުންނަށް ސަރުކާރުން ދައްކާ އުއްމީދެއްގެ ގޮތުގައި ދައްކާ މަޝްރޫއެކެވެ.

ނަމަވެސް އައިހެވަންގެ މަޝްރޫއުގެ ވާހަކަ ސަރުކާރުން އާއްމުކޮށް ފެންމަތި ކުރުމަކީ ސިޔާސީ މަޝްރަހު ހޫނުވެ ސަރުކާރަށް ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި ނޫންމަކަމަ ކޮންމެވެސް އިންތިހާބަކާއި ގުޅިގެންނެވެ. އެ މަޝްރޫއުގެ ކުރެހުމާއި މާސްޓަރ ޕްލޭންގެ ވާހަކަ ދައްކާލަ ދައްކާލާ ފަސް އަހަރު ދާއިރު އަންނަ ރިޔާސީ އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މިވަނީ ހުވަފެން ދައްކަން ފަށާފައެވެ.

އިންތިހާބުގެ ކުރިން ދެން އޮންނާނެ ސަރުކާރުގެ ޖަލްސާތަކާއި ވެރިކަންކުރާ ޕާޓީގެ އިވެންޓްތަކާއި ޖަލްސާތަކުގައި އައިހެވަން މަޝްރޫއު ތަންފީޒު ކުރުމަށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުންވާކަމަށް ސަރުކާރުގެ ވެރިން ވިދާޅުވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ހިޔާލު

ވަހީދު

ރައީސް ސަބަބު ވިދާޅުނުވީ އެއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީތޯ. ތަހުގީގެއް ކުރާކަށް ނުޖެހޭނު. ފައިސާ އެބަހުރި. އިންވެސްޓަރު އެބަހުރި. ޕްރޮޖެކްޓް ނުފެށޭނީ ދެސަބަބެއް ދިމާވާހާލަތު. 1 ބޮޑުންގެ ކަޓު އިންތިހާއަށް މަތިވުން. 2 ޕްރޮޖެކްޓް ފަށަން ސަރުކާރުން ބޭނުން ނުވުން.

ސާފިރު

ކޮންމެ ވާހަކައެއް ދެއްކިއަސް ދެވަނަ ފުރުސަތެއް ދެވޭކަށް ނެއް ، އަދި ދެން އަންނަ ސަރުކާރަކުން ބިތުފަންގި ނަގާނެ އަދި ކެޔޮ ކޭވަރު ބަލާފަ މިސަރުކާރުގައި ކެޔޮ ކޭމީހުން ތިބެންވާ ތަންތަނަށް ލެވޭނެ، އަދި މަޖިލިސް އާއި ޝަރުއި ނިޒާމުވެސް އިސްލާހު ކުރެވެނެ، އިންޝާފ

ސާފު

ސާބހޭ ވީއެފްޕީ..އައިހެވަނުގެ ހުވަފެންދައްކާ ރައްިތުންބޮލަށް ފިތާ ހުތުގެ ހަޤީޤަތް ހާމަކުރުމުގަ ވީއެޕްޕީވަރެއް ނެތް..ތިޔައި ރައްޔިތުންނަށް އިހުލާސްތެރި މަގު ދައްކައިދެ ނޫހެއް،، މާލޭ ހެވަން އެއް ނޫންވީމަ ތިޔަކަން ކުރިޔަށް ނުކަނޑައި އޮތް އަސްލު ސަބަބަކީ ވަރަށް ސާފު

ބާމުޑާ

5 އަހަރުން ކަޑަ ނުޖެހުނުތާ މިފަހަރު މެނިސްފެސްޓޯގަވެސް އަދި ވައުދުތަކުގެ ތެރޭގަވެސް ތިޔަކަމެއް ނެތް..ދެން ކިހިނެއް ކުރިން ޤަބޫލުކުރިވަރަށްވެސ ްތިޔަކަން ޤަބޫލުކުރާނީ؟ ހަމަ ހުސް އިންތިހާބީ ގޭސް..

މާލޭސަރުކާރު

ތިޔަ ހެވަން ގެންދޭ މާލެކައިރި ފަލަކަށް މަމެން ބެނުންމެއް ނޫން..ހއ އަކީ ރާއްޖޭގަ 3 ވަނައަށް އެންމެ ބޮޑު ޢާބާދި، މިތާނގަ ކުޑަ ޑޮމެސްޓިކް އެއަރ ޕޯޓު ގަނޑަކާ ރިސޯޓެއް ނޭޅިގެން އުޅޭ ބަޔަކަށް ކޮން އައިހެވަނެއް ހެދޭނި؟ މޮޔަ ވާހަކަ ނުދައްކަވާ ގުއި ހޮޅިއާ ބަށި ކޯޓު އެޅިދާނެ އަތޮޅެއްގަ.. ތިޔަ ކަހަލަ އިޤްތިސާދީ މަޝްރުއެއް އަތޮޅުތަކަކު ނުހިންގާނެ މާލޭ ސަރުޚާރަކުން..

ހއއުތުރު

ތިޔަ ވާހަކަ ޤަބޫލުކުރާނެ މީހަކު ނެތް މިހާރަކު މި އަތޮޅަކު..ހުދު މަނިކްފާނުގެ ޕާޓިގެ މީހުންވެސް ތިޔަ ވާހަކަ ޤަބޫލެއް ނުކުރޭ.. މާލޭ ބޭފުޅުން ބޭނުމެއް ނުވާނެ އަތޮޅު ތެރޭގަ ތިޔަ ކަހަލަ އިޤްތިސާދީ މަޝްރޫއެއް ހިންގާކަށް އެހެންވީމަ ތިޔަކަމެއް ްދުވަހަކުވެސް ނުވާނެ ނުވެސް ކުރެވޭނެ.. އަލި ނުބުރުވާ ހުޜޭ..ތިހެން ޖަހާ ޗިޕަކަށ ްނުގުޑާނެ

އަތޮޅޭ

ރައީސް ދެން ތިޔަ ވާހަކަ ދައްކައިގެން އިތުރަށް ޗިޕުޖަހަން ނޫޅެ.ލައްކަ ދޮގު ހަދާ ލައްކަ ގިނަ ފޭކު ތާރީހުތައް ދެއްވައިފީމެއްނު...ދުވާލުގެ އިރު ފަދައިން ޔަޤީން ތިޔަކަމެއް ނުހިންގާނެ އަދި 50 އަހަރު މަނިކްފާނު ވެރިކަމުގަ ހުއްޓަސް.. އެއީ ތިޔަ ކަމަކީ އަތޮޅެއްގަ ހިންގާ މެގަ އިންވެސްޓްމަންޓަކަށްވީމަ.މާލޭގަ ކުރާކަމެއްނަމަ ފަށާފަ އިޮންނަނި.. މަމަެން އަތޮޅޭމެން ތިޔަ ޥާހަކަ ދެނެއް ޤަބުލެއް ނުކުރާނަން

އިންތިޚާބީގޭސް

ތިޔަ ކަންދާނި ތިޔަހެން ދެންވެސް މެގަ ޕުރޮޖެކްޓެއް ހިންގިއްޔާ ހިންގާނި މާލެ ކައިޜިގަ..މިސަރުކާރު 2 ވަނަ ދައުރަކަށ ްހޮވިއްޖެއްޔާ އަނެއްކާ ބިލިޔަންޑޮލަރުގެ ބޮޑު ލޯނެއް ނަގައިގެން ކުރިޔަށްގެންދާނި މާލޭ އެމްޕިއެލް ޕޮޓު ތިލަފުށީގަ އެޅުން..ބޯކޮސް ޑޮލަރުވަންނަ އައިހެވަން ކަހަލަ ކަންކަން ހަމަ ތިހެން ޕުލޭނު ކުރުމުގައްޔާއި އިްނތިހާބީ ގޭސް ގަނޑެއްގެ ގޮތުގަ އޮންނާނި ދެންވެސް..

އައިހެވަންޓް

ތިޔަ މާލެ ކައިރީގަ އަޅާ ހެވަނެއް ނަމަ މިހާރު ފަށައިފީސް..އަތޮޅު ތެރޭގަ ވިމަ މޮޅެތި ގޭސް އަނބުރާނި..މި ރައީސް ތިޔަ ޕުރޮޖެއްޓާ ބެހޭ ގޮތުން ހެދި ދޮގުތައް ގުނާ އަދަދު ނުކުރެވޭނެ.. އެތަށް ފަހަކަރު ބިންހިއްކަންވެސް ވައުދުވެއްޖެ.. ވަޒީރުންގެ ފެންވަރުންފެށިގެން ރައީސުލްޖުމްހޫރިއްޔާއާހަމއަށް އެއްކަމެއްގަ އެންމެ ގިނަ ބުހުތާނު ދޮގު ރައްޔިތުންނަށް ހެއްދެވީ ތިޔަ އައިހެވަނުގެ ކަންތަކުގަ.. އެންމެ ފަހުން ޝައިނީ އަމިއްލަޔަސް އަތަށ ްގޮވީ އިންވެސްޓަރަކުނެތޭ ކިޔާފަ ކުރިން ދެއްކުނު ވާހަކަ ހަނދާނެއް ނެތް.. މިހާރު އަނެއްކާ ރައީސް މިކިޔަނީ އެިންވެސްޓަރުްނ ނެތިގެންނެއް ނުނޭ އެހެންކަމެކޭ.. އިންޑިއާ ބޮލަށް ފޫޅުކަނޑަން

އަސްލުހާލަތު

އަސްލު ހަޤީޤަތަކި އިްނޑިއާއާ ހެދިއެއް ނޫން ތިޔަކަން ނުވެގެން އުޅެނީ، އިންޑިއާ ބޮލަށް ޖަހަނީ މަތި އޮމާންކުރަން. އިްނޑިއާދެކެ ބިރުން ކަމެއް ނުކުރާނެނަމަ ޖީއެމްއާރު ބޭރެއް ނުކުރާނެ.. ބުރޯ މައްސަލާގަ ސައުދީ މުހައްމަދު ނެއްޓީ އެހެންވެ ފ މަޝްރޫޢާ ތިޔަ މަޝްރޫވެސް ހުއްޓާލި ސައުދީން.. ބުރޯ ދިޔަފަހުން ކޮބާ ބޮޑު އިްނވެސްތްމަންޓެއް އައިސްފަ؟

ނީނާ

އަދީބު ޖަލަށް ލީފަހުން ނުވޭ އިންވެސްޓެއްވެސް ކޮށްލާޏެ މީހަކު..އޭނާ ހުރިނަމަ ތަންތަނުން ގޭންގުތަކާ ބުލެކުމަނީ ގެނެސްގެންވެސް ތިޔަކން ކުރީސް.. ސައުދީވެސް ރުޅިވެއްޖެ ބުރޯ މައްސަލާގަ އެހެންވީމަ ނެތީ އިންވެސްޓްކުރާނެ މީހަކު..

ޒައިން

އިންޑިއާގެ ފިއްތމާހެދި ބިރުންނޯލަ؟ އަޖައިބު އަންތަރީސްވެދާނެއްނު.. މާލެ ކައިރީގަ ކަމެއް ކުރަންވީމަ އިންޑިއާދެކެ ޑަރުވެސް ހީނުވޭ ޖީއެމްއާރުވެސް ބާ ބުޅާ ގަނޑެއް ހެން ނަގާއެއްލާލީ މާލޭ ފުލެޓުތަކާ ބުރިޖާ ފޭދޫ ފިނޮޅުވެސް ޗައިނާ އަށް ދިނީ އިންޑިއާގެ އިންޒާރަކަށް ބެލުމެއްނެތި ބިރެއްނެތި. އަތޮޅު ތެރޭގަ ކަމެއ ްކުރަންވީމަ އިންޑިއާ އިންޑިއާ މުޅިންވެސް ބަހަނާ.. ތިހެން ޗިޕެއް ނުޖެހޭނެ އިނގޭ.. ތިޔައީ ސީރިއަސްކަމެއްނަމަ 5 އަހަރު ތިޔައިރު ކަޑަ ނުޖަހާ ނޯންނާނެ. އެހެންެއްނޫން އަދީބު ބުރޯ ހުރިމަނަ އިންވެސްޓަރުން ގެނެސްގެން ތިޔަކަންވެސް ކުރާނެ

އަސްލޭ

އިންތިހާބު ކައިރިވީމަ ތި ހަނދާންވީ.. މީގެ ކުރިން ތިވާހަކަ އެންމެ ގަދައަށް ދެއްކި ފިނިފެންމާ ވަޒީރާ ޝައިނީ ތީގެ ނަންވެސް ނުގަނޭ މިހާރު. އެއްކޮށް ހަނދާން ނެތިއްޖެ.. މިސަރުކާރަކުން ރާއްޖެތެރެއަކު ތިވަރުގެ މަޝްރޫއެއް ނުހިންގާނެ. މާލެ ކައިރީގަ އަޅާ ހެވަނެއްނަމަ ބިލިޔަނުން ނުކަތާވަރުގެ ދަރަނި ނަގައިގެން ވެސް ތިޔަކަން ފަށައިފަ އޮންނާނި މިހާރު

ލިން

އަސްލު އެއީ އެޕަލް އައި-ހުވަފެން... އެ ސްޓީވްޖޮބްސް ޑިވޮލޮޕްކުރަން ފަށާފަ އޮތް އެއްޗެއް އޭނާ މަރުވީ އެކަން އެއްކޮށ ްނުނިމެނީސް އެހެންވެ ތިޔަކަން ނުވެގެން އެއުޅެނީ.. މި ސަރުކާރުން އަތޮޅުތެރޭގަ ތިވަރުގެ މަޝްރޫއެއް ނުހިންގާނެ މުޅިންވެސް ތިހެން އައިހުވަފެނުގަ އުލޭނި.. އެހެންނަމަ ކުޑަމިނުން ކަޑަ ޖަހާލީސް ދޯ 5 އަހަރު ވާއިރު؟