Miaee Vote Dheynantho Ahaalan!
image
ރައީސް ޔާމީންގެ ކެމްޕެއިންގެ ތެރެއިން--ފޮޓޯ ސޯޝަލް މީޑިއާ
10 ކޮމެންޓް
އައިޝަތު ހުސައިން
 

މިއައީ ވޯޓެއް ދޭނަންތޯ އަހާލަން!

ސިޓިންގްރޫމް ސޯފާގައި ޓީވީ ބަލަން އިންދާ ބޭރުން މީހެއްގެ ހިޔަނިވާހެން ހީވެއްޖެއެވެ. ގޭގައި އުޅެނީ އަހަރެންނާ ފިރިމީހާއާ ދެމީހުން އެކަނިކަމުން އަދި މިއީ ފިރިމިހާވެސް އޮފީހުގައި އާއްމުކޮށް އުޅޭވަގުތުކަމުން ބޭރުން ހިޔަންޏެއްވުމުން ހިތައް ބިރުވެރިކަން އިހުސާސްވިއެވެ. އަދި މި ގޭގެ ސިޓިންގްރޫމުން ބޭރުގައިވެސް އޮންނަނީ މި އެޕާޓްމަންޓާއި އިންވެގެން އޮންނަ ހުސް ޖާގައިން މީހަކު މިހިސާބަށް އަންނާނީ ގޯތީގެ ދޮރޯށިހުޅުވާ ސިޑިން ހަތަރު ވަނަ ބުރިއަށް އަރާ އަދި ގެއަށް ވަންނަ ދޮރޯށިވެސް ހުޅުވާފައިކަމުން މީހާކު އައިސް ސިޓިންގްރޫމް ދޮރޯށިން ބޯދިއްކުރާނެއޭ ހަމައެއްގޮތަކަށްވެސް ހިތަކަށްނާރައެވެ. ސިޓިންގްރޫމްއިން އެޕާޓްމަންޓުގެ ހުސްޖާގައަށް ނިކުންނަށް އިންނަނީ ބިއްލޫރި ދޮރެކެވެ. އެތެރެއިން ބޭރު ފެންނާނެއެވެ. ބޭރުން މީހަކު ބޯދިއްކުރާހެން ހީވެގެން ނިކުމެފީމެވެ. މެދު އުމުރުގެ ދެ އަންހެނުންނެވެ. ހުރީ ކާޑެއް އަޅައިގެންނެވެ. މިވެނި ކެނޑިޑޭޓަކަށް ވޯޓެއް ދޭނަންހޭ އަހައިފިއެވެ. muni
އަހަރެން ހުރީ ގެއަށް ނުދަންނަ މީހަކު ކުއްލިއަކަށް އައުމުން ހާސްވެފައެވެ. އަދި މިއައީ ކޮންބައެއް ކަމެއް ނޭންގިފައެވެ. އަދި އަހަރެންގެ ގެއަށް އަހަރެންގެ ހުއްދަނެތި ވަނުމުން ރުޅިވެސް އައިއްސައެވެ. ހުއްދަ އަހާލުމެއް ސަލާން ގޮވާލުމެއް، ތައާރަފުވުމެއް ނެތެވެ. އަހަރެންނަށް އަހާލެވުނީ ގެއަށް ވަނީ ކިހިނެއްތޯއެވެ. ޖަވާބުގައި ބުނީ ގޯތީގެ ދޮރު ހުޅުވާފައި ހުރުމުން ސިޑިން މައްޗަށް އެރީކަމަށާ، ދެންވެސް މީހަކު ފެންނަން ނެތީމަ ހުސްޖާގައަށް ވަނީ ކަމަށާ ދެންވެސް މީހަކު ފެންނަން ނެތުމުން ސިޓިންގްރޫމަށް ބޯދިއްކޮށްލީކަމަށެވެ. އަހަރެންނަށް އަހާލެވުނީ ސިޓިންގްރޫމުން މީހަކު ފެންނަން ނެތްނަމަ ކޮޓަރިއަށްވެސް ވަންނާނަންތޯއެވެ. އަދި ކޮޓަރިން މީހަކު ފެންނަން ނެތްނަމަ ފާހަނައަށްވެސް ވަންނާނަންތޯއެވެ. މައިދޮރުން ގޯތިތެރެއަށް ވަދެ، ހަތަރުވަނަ ބުރިއަށް އަރާ، ދެންވެސް ގޭގެ ގޯޅިއަށް ވަދެ، އެވަރުންވެސް ނުފުދުނީމާ، ސިޓިންގްރޫމަށް ވަންނަން ދިމާކުރި ބަޔަކު ފާހަނައަށްވެސް ނުވަންނާނެއޭ ބުނާކަންނޭންގޭނެތާއެވެ. ގޭގެއަށް ވައްކަންކުރަން ވަންނަ ވަގުންގެވެސް އުސޫލެވެ.

އަނެއްކާވެސް މިވެނި ކެނޑިޑޭޓަކަށް ވޯޓެއް ދޭނަންތޯ އަހައިފިއެވެ. ގައުމާ ދޭތެރޭ ވިސްނާ އެންމެ ރަނގަޅު ގޮތެއް ނިންމާނެކަމުގައި އަހަރެން ބުނީމެވެ. އަނެއްކާވެސް ކުރިމަތިކުރުވީ ސުވާލެކެވެ. ނަމާ ފޯނު ނަންބަރާ ބުނެދޭން އެދުނެވެ. އަހަރެންނަށް އަހާލެވުނީ ސުވާލެކެވެ. ވޯޓެއް ދޭނަންތޯ އަހަންވެގެން މިހިސާބަށް ތިއައީ އަހަންނަކީ ދިވެއްސަކުކަން އިނގޭހެއްޔެވެ. ވަކި މީހެއްކަން ނޭންގި ވޯޓެއް ދޭނަންތޯ އަހާނަމަ، ފަހަރެއްގައި ބިދޭސީއެއް ކައިރީގައިވެސް އެ ސުވާލު އެހި ދާނެކަމަށެވެ. ޖަވާބުގައި ބުނީ ތީ ދިވެއްސަކުކަން އެނގެއޭ އެބަ ވާހަކަ ދައްކާގޮތުން، އެހެންނަމަވެސް ނަމެއް ނަންބަރެއް ނޭންގެއޭ. ފަހަރެއްގައި ވަރަށް ފަރިތަކަމާއެކު ވާހަކަ ދައްކާ ބިދޭސީއެއްނަމަ މިކަމުން ސަލާމަތް ނުވެދާނެތާއޭ އަހަރެންގެ ހިތައްއެރިއެވެ. ނަމާ ނަންބަރާ ނުބުނެފިއްޔާ ވާނީ ކިހިނެއްތޯ އަހާލީމެވެ.

އަދި ނަމާ ނަންބަރާ ބޭނުންވަނީ ކޮން ސަބަބަކުތޯވެސް އަހާލީމެވެ. ވަކި ސަބަބެއް ނެތް ކަމަށާ، މައުލޫމާތަށްޓަކައި އަހާލީކަމަށް ބުންޏެވެ. މައުލޫމާތު ހާމަކުރަން ބޭނުންނުވާކަމަށް ބުނުމުން ވޯޓް ލާންނުދަނީތޯ އަހައިފިއެވެ. އަހަރެންގެ ހުއްދަނެތި އަހަރެންގެ ގެއަށްވަދެ، އަހަރެންގެ ޒާތީ މައުލޫމާތު ހިއްސާކުރުމަށް ބާރުއަޅަމުންދާ މީހުން އަވަހަށް ފޮނުވާލުމުގެ ބޭނުމުގައި ވޯޓުލާންދާނަމޭ ބުނީމެވެ. އެހެންނަމަވެސް ހިތުގެ އަޑިން ސުވާލުކޮށްލެވުނެވެ. ވޯޓަކީ އަހަރެންގެ ހައްގަކަށްވާއިރު އަހަރެން ވޯޓުލާން ދިއުމާ ނުދިއުމާ ދޭތެރޭ ކެނޑިޑޭޓަކަށްވެސް، ކެނޑިޑޭޓެއްގެ މަންދޫބަކަށްވެސް ސުވާލުކުރެވޭނީ ކިހިނެއްތޯއެވެ. ޝުކުރު އަދާކޮށް އެމީހުން ގެއިން ނިކުމެއްޖެއެވެ. ގޯޅިން ނިކުމެ ދޮރު ހުޅުވާ، ހަތަރުވަނަ ބުރިން ތިރިއަށް ފައިބާ އަދި ގޯތީގެ ދޮރުވެސް ހުޅުވުމަށްފަހު އެމީހުން ގޮއްސިއެވެ.

ރުޅިވެސް އާދެވުނެވެ. ގައުމުގެ ހާލަތާ އަމިއްލަ ފަރުދުންގެ މިނިވަންކަމާ ދޭތެރޭ ވިސްނާ މިއަދުގެ މިހާލަތާ ދޭތެރޭ ދެރަވެސް ވިއެވެ. އަހަރެން ކުލި ދައްކައިގެން، އަހަރެން އުޅޭ ގެއަކަށް އަހަރެންގެ ހުއްދަނެތި ސިޔާސީ އެކި ފިކުރުގެ އެކި މީހުންނަށް އާދެވޭތީއެވެ. އަމިއްލަ ފަރުދުންގެ މިނިވަންކަން ނަގާލާ، ޒާތީ މައުލޫމާތު ހާމަކުރުމަށް ނުފޫޒު ފޯރުވާ ފަރާތްތަކެއްވާތީއެވެ. އަދި މިކަން މިގޮތަށް ކުރުމަށް ބާރުއަޅާ ކެނޑިޑޭޓުންވެސް އުޅޭތީއެވެ. ކެމްޕެއިން ކުރުމުގެ ހުދޫދުގެ ތެރެއިން އަމިއްލަ ފަރުދުންގެ ގޯތި ގެދޮރަށް ހުއްދަނެތި ވަނުމާ، ޒާތީ މައުލޫމާތު ހާމަކުރުމަށް ބާރު އެޅޭފަދަ ގަވާއިދެއް އޮންނަނީ ބާވައޭ ހިތައްއެރިއެވެ.

ގާނޫނާ ގަވާއިދު ތަންފީޒުކުރާ އިދާރާ ތަކުންވެސް މީހަކު ހޯދަން ބޭނުންވެއްޖެނަމަ، އެމީހަކު ހުރީ ފާހަނައިގަތޯ ބަލާ ފާހަނައަށް ވަންނަނީކީ ނޫނެވެ. އެމީހަކު ހޯދުމަށް ގެއަށް ޗިޓު ފޮނުވަނީއެވެ. މިއީ މީހެއްގެ ހައްގަކަށް އުނިކަމެއް ލިބޭފަދަ އަމަލެއް ހިނގައިގެން ހިނގާ ޝަރީއަތަކަށް ނުވަތަ ކުރާ އިންވެސްޓިގޭޝަނަކަށް ކަންކުރާ ގޮތެވެ. ވޯޓު ލަނީ ކޮންފަރާތަކަށްތޯ ބެލުމަކީ މިއަށްވުރެވެސް މުހިއްމު ހާލަތަކަށްވެއްޖެނަމަ މިކަންމިހެންވެދާނެ ކަންނޭންގެއެވެ. އަމިއްލަ ފަރުދުންގެ ޒާތީ ކަންކަމުގެ ތެރެއަށް ކެނޑިޑޭޓުންނާ އެފަރާތްތަށް ތަމްސީލުކުރާ މަންދޫބުން ވަންނަންޖެހޭ ފަދަ މުހިއްމު ހާލަތެއް މެދުވެރިވިކަމަށް އަމިއްލައަށް ގަބޫލުކުރަން ހަމަ ދަތީއެވެ.

މިކަމަކީ އެންމެންގެވެސް ތުންތުންމަތިން ދެކެވޭ ވާހަކައެކެވެ. ހައްލެއް ހޯދިފައިނެތް މައްސަލައެކެވެ. މިއާ ގުޅުވައިގެން ހިނގަމުންދާ އަނެއް ކަމަކީ މޮބައިލް ނަންބަރަށް ގުޅާ، މިވެނި ގެއެއްގެ މިވެނި މީހެއްތޯ އެހުމެވެ. ތިގޭގެ މިވެނި މީހެއްގެ ނަންބަރުދޭން އެހުމުވެ. ވޯޓުލާން ދާނަންތޯ އެހުމެވެ. މި ވެނި ކެނޑިޑޭޓަކަށް ވޯޓު ދޭނަންތޯ އެހުމެވެ. މިވާހަކަ ހިއްސާކޮށްލާ ހަމަކޮންމެ ފަރާތެއްގެވެސް މި ޝަކުވާ އޮވެއެވެ. ބައެއް ފަރާތްތަކަށް އެއްމެ ކުރު ޖަވާބަކީ ވޯޓު ދޭނަމޭ ބުނެ ފޯނު ކަނޑާލުމުވެ. ބައެއް ފަރާތްތަކުން މައުލޫމާތު ހާމަކުރަން ބޭނުންނެތްކަމަށް ބުނެއެވެ. އަނެއް ބައިފަރާތްތައް ވޯޓްލާ ކެނޑިޑޭޓުގެ ނަން ހާމަކޮށް އެފަރާތަކާ އެފަރާތެއްގެ ފިކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކައެވެ.

އަނެއްބައި ފަރާތައް ހިތައް އައިއެއްޗެއް ގޮވާ ހަޅޭއްލަވައި ފޯނު ބާއްވަނީއެވެ. އެކި މީހުންގެ ހިޔާލު މިކަމުގައި ތަފާތެވެ.
މި ހާލަތުގައި އެއްކޮޅުން ދައްކާ ވާހަކަ އަކީ ވޯޓަކީ އަމިއްލަ ނިންމުމެއް ކަމެވެ. ވޯޓަކީ ސިއްރު ވޯޓެއް ކަމެވެ. ވޯޓު ލުމަކީ ފަރުދީ ޒިންމާއެއްކަމެވެ. ވޯޓަކީ އަހަރެންގެ ހައްގެއްކަމެވެ. ވޯޓަށް ނުފޫޒު ފޯރުވުމަކީ ގާނޫނީ ކުށެއްކަމެވެ. އަނެއްކޮޅުން ދައްކާވާހަކައަކީ ވޯޓުލާންދާނަންތޯއެވެ. ވަކި މީހަކަށް ވޯޓު ލާނަންތޯއެވެ. މިއީ ކެމްޕެއިންކުރުމާ، މި ގޮތަށް ކެމްޕެއިންކުރާ ކެނޑިޑޭޓުންނާ އެފަރާތްތައް ތަމްސީލުކުރާ މަންދޫބުންނަށް ކޮން ގާނޫނާކާއި ގަވާއިދަކުން ލިބޭ ހުއްދައެއްތޯ ސުވާލުކޮށްލުމަކީ މިހާލަތުގައި މުހިއްމުކަމެކެވެ. އަމިއްލަ ފަރުދުން މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގަށް އިހުތިރާމްކުރުމެއް ނެތި ވޯޓު ލާ ފަރާތް އެއްމެންގެ ކުރިމަތީގައި ހާމަކުރުމަށް ބާރުއެޅުމަކީ ވޯޓަށް ނުފޫޒު ފޯރުވާ، އަމިއްލަ ފަރުދުންނަށް ލިބޭ ހައްގާ ޒިންމާ ގެއްލުވާލާ، ވޯޓު ވިއްކުމާ ވޯޓުގަތުމަށް ބާރުއެޅުން ނޫން ދެން އެހެން ކޮންކަމެއްބާވައެވެ؟
ހިޔާލު

ގާދިރު

ގޯތިގެދޮރައްވަންނަންއޮންނައުސޫލުންވަންނަމަހިތްހަމަނުޖެހިހުރިމީހަވެސްރިވެތިގޮތުގައެއްބާރުލުންދޭނެވޯޓުނުދިނަސް

އަހުމަދު77

ތިހެންތިވީ ތިމާގެ ފިކުރާ ދިމާނުވާ ޕާޓީއަކުން މަންދޫބުން ދިޔައިމަ. އެހެންނޫންނަމަ

ތިވާހަކައެއް ނުދައްކާނެ.

ާާޢާއިޝާ

މީގަ ގިނައީ ދޮގު އެވެރިން ގޭގެއަށް ވަންނަން ސަލާމްގޮވާ ދޮރުހުޅުވާފަ ހުއްޓަސް އަދި ވަންނަންތޯ ވެސް އަހާފަ ހުއްދަ ދިނީމަ ވަންނަނީ މިއީ ހަމަގައިމު އހަރެމެން ގެއަށް ވަންނަން އެވެރިން އަމަލް ކުރިގޮތް ވީއެފްޕީ ޖޭވިޔަސް މީ ދެން ތަންކޮޅެއް ބޮޑުވަރު

ބޮކުބާޑު

މިމައްސަލަ ފުލުހުންނަށް ނުބެލޭނެތޯ؟ މިއީ ވަރަށް ސީރިއަސް މައްސަލައެއް. އިންތިހާއަށް ވަގުން ގިނަގައުމެއް މިގައުމަކީ. ބިރުވެރި ދެއްތޯ؟

ގުއިއްޒު

ގޭގެއަށް ވަގަށް ވަންނަނީ ޔާމީނުގެ ކެމްޕޭން ޓީމުތަ؟

ޙާމް

މިލިއުމުން ދޭހަ ވަނީ އިނދިކޮޅު މީހުން ކެމްޕޭން ނުކުރާނެކަން. ރައްޖިތުންބކައިރީ ވޯޓަށް ނުކިޔާނެކަން. ގޭގެއަށް ގޮސް ކެމްޕޭން ނުކުރާނެކަން. ބަލަ އިންތިޚާބްތަކަށް އެބަޔަކު ތާއީދު ކުރާ ކެންޑިޑޭޓަކު ހޮވަން ކެމްޕޭނު ކުރުމަކީވެސް ކިއުއޭއިން ލިބިދީފައިވާ ހައްޤެއްކަން ނޭނގެނީބާ، ހައްޤުތައް ގައިގަ އައްސައިގެން ދުވާ މީހުންނަށް

ދިނިއުސް

ތިޔަވުރެ ބޮޑެތިކަންކަންވެސް އަދި ކުރިއަށް އޮތް އިންތިހާބުގެ ކުރިން ފެންނާނެ.... މިދާވަރުން ދަންޏާ އާމު ރައްޔިތުން ހައްޔަރުކޮށް ވަކި މީހަކަށް ވޯޓުދިނުމަށް މަޖުބޫރުކޮށް އެއްބަސް ވެސް ކުރުވާނެ

އަހަންމާބެ

މިއޮތީ ސާފު ދުއްޔެއްލާފާއޮތް، ރައީސް ޔާމީންގެ ކެމްޕެއިންއަށް ނޫސްތަކުން ކުރާ ޖެއްސުންތަކަށް އިތުރު ކުރި ބޮޅެއް!

އަޙުމަދު

ރައްޔިތުންގެ ބާރަކީ ފަސް އަހަރުން އެއްފަހަރު ރައްޔިތުންގެ ޚިދުމަތުގައި ތިބޭ މީހުން ހަނދާންވާ ކަމަކަށް ވެއްޖެ ނަމަ ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ ނޯކަރުން، "ޚާދިމުކުމް" އޭ ކިޔާފައި ސިޓީތަކުގައި ސޮއިކުރި ނަމަވެސް އެކަން އިޙުސާސްނުކުރެވި ދިއުމުން ވާނެގޮތް ޔާމީނު ޓީމުގެ މީހުންނަށް މިވަނީ ކުރިމަތިވެފައެވެ.

ބައްބު

އަސްލު ނޭހޭނެ އެހެނެއް.. ނަމަވެސް ކެމްޕޭންގެ ތެރެއިން އެ ކެންޑިޑޭޓެއްގެ ރަނގަޅު ވާހަކައާއި ވޯޓްދިނުމަށް އެދޭ ވާހަކަ ބުނެވިދާނެ...
މީހުންގެ ގޯތި ގެދޮރަށް ހުއްދަ ނުހޯދާ ވަދެގަނެގެން ގޮސް އަދި ވޯޓް ދޭނަންތޮއާއި ނަންބަރާ މިހުރިހާ މައުލޫމާތު މިގޮތަށް ހޯދިދާނެކަމަކަށް ގަބޫލެއް ނުކުރަން