Addu gai Haluvi Kamaeku Faanabasandu Fethurenee
image
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް--
0 ކޮމެންޓް
 

އައްޑޫގައި ހަލުވި ކަމާއެކު ފާނަބަސަންދު ފެތުރެނީ

އައްޑޫ ސިޓީގައި ހަލުވި ކަމާއެކު ފާނަބަސަންދު ފެތުރެމުން ދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ވީއެފްޕީއާ ވާހަކަ ދައްކަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ އައްޑޫ ގައި މިހާރު ފާނަބަސަންދު ޖެހިގެން ދައްކަމުން އަންނަ މީހުންގެ އަދަދު އާއްމު ހާލަތަށްވުރެ ގިނަ ކަމަށް ދައްކާކަމަށެވެ.

އެގޮތުން ދުވާލަކު ދޭއް ނުވަތަ ތިން މީހުން ދައްކަން އަންނަ ކަމަށާއި މިދިޔަ ހަފްތާ ތެރޭގައި ވެސް 12 ވަރަކަށް މީހުން ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށް ނަޖީބު ވިދާޅުވިއެވެ.

އެގޮތުން އެބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފާނަބަސަންދު ޖެހިފައިވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިރުޝާދީ ނަސޭހަތްދޭކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި ފާނަބަސަންދު ޖެހިފައިވާ ކުއްޖެނަމަ ރަނގަޅު ވަންދެން ސުކޫލަށް ނުދިއުމަށް ނަޖީބު ވަނީ ވިދާޅުވެފައެވެ.

ފާނަބަސަންދުން ރައްކާތެރިވުމަށް ހާއްސަ ވެކްސިނެއް ޖަހާއިރު މައުލޫމާތު ލިބޭގޮތުގައި އެވެކްސިން އައްޑޫ ހޮސްޕިޓަލުގައި ނެތެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ބަހެއް ބުނެފައިނުވެއެވެ.
ހިޔާލު