Ranbir Aai Alia Ge Loabeege Gulhumaaimedhu Sidharth Ge Mahsala Neiy
image
އާލިއާ އާއި ރަންބީރު އަދި އާލިއާގެ ކުރީގެ ލޯބިވެރިޔާ ސިދާތް-
0 ކޮމެންޓް
 

ރަންބީރާއި އާލިއާގެ ލޯބީގެ ގުޅުމާމެދު ސިދާތުގެ މައްސަލައެއް ނެތް

ބޮލީވުޑުގައި ވިދަމުން އަންނަ ތަރި، އާލިއާ ބަޓް އާއި ރަންބިރުގެ ލޯބީގެ ގުޅުމާމެދު އާލިއާގެ ކުރީގެ ލޯބިވެރިޔާ ސިދާތް މަލޯތްރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށް ހަބަރުތައް ބުނެފިއެވެ. dhi2
ސިދާތްއާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އާލިއާ ރަންބީރާ ދެމެދު އޮންނަ ގުޅުމަށް ސިދާތުވެސް ހުރީ އުފަލުންނެވެ. އެގޮތުން އާލިއާގެ ދިރިއުޅުމަށް ގެންނަ ފަރާތްތަކާއި ސިދާތާއި އެެއްވެސް މައްސަލައެއް ނެތްކަމަށާއި އެދެމީހުން މިހާރު އެކަކު އަނެކަކު ދެކެނީ ރަހުމަތްތެރިންގެ ގޮތުގައިކަަމަށް ހަބަރުތައް ބުނެއެވެ.

އިންޑިއާގެ މަޝްހޫރު ވިޔަފާރި އާއިލާއެއްކަމަށްވާ އަމްބާނީ އާއިލާއިން ބޭއްވި ޕާޓީއެއްގައި ބޮލީވުޑްގެ ތަރިންވެސް ބައިވެރިވިއިރު އެހަފުލާގައި އާލިއާގެ އިތުރުން ސިދާތުވެސް ބައިވެރިވެއެވެ. އެކަމާ ގުޅޭގޮތުން ތަފާތު އަޑުތައް ފެތުރެމުން އަންނަނިކޮށް އިންޑިއާގެ ނޫހަކާ ވާހަކަ ދެއްކި ސިދާތްގެ ގާތް މީިހަކު ބުނީ، އާލިއާ އާ ސިދާތު ރުޅިވިފަހުން އެއީ އެދެމީހުން ބައްދަލުކޮށް، ވާހަކަ ދެއްކި ފުރަތަމަ ފަހަރު ނޫންކަމަށެވެ.

އާލިއާ އާ ރަންބީރު ގުޅުމާއެކު ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދިޕިކާ ވެސް ހުރީ ހިތްހަމަޖެހިފައިކަމަށް ހަބަރުތައް ބުނާއިރު ދިޕިކާއަށް ފަހު ރަންބީރު ލޯބީގެ ގޮތުން ގުޅުނު ކެޓްރީނާ ހުރީ އެގުޅުން ގަބޫލުކުރަން ދަތިވެފައިކަމަށް ވެސް ހަބަރުތައް ބުނެއެވެ. އެގޮތުން ރަންބީރާ އާލިއާގެ ގުޅުމުގެ ސަބަބުން ކެޓްރީނާ އާ އާލިއާގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށްވެސް ބުރޫ އަރާފައިވާކަަމަށް ވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިދާތާއި އާލިއާ އާދެމެދު މައްސަލަތަކެއް ޖެހި ރުޅިވެފައިވާއިރު މިއަހަރުގެ ކުރީކޮޅު އާލިއާ، އޭނާ ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން ރައްޓެހިވި އަލީ ޑަޑަކަރާއި ރައްޓެހިވިކަމުގެ އަޑުތައް ވެސް އެރިއެވެ. އެހެންނަމަވެސް، އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ބްރަހަމަޝްތުރަ" ގެ ތެރެއިން އާލިއާ އާ ރަންބީރު ގުޅިފައިވާކަމުގެ އަޑުތައް އެރިއިރު އެކަމަށް ރަންބީރު ވަނީ އެއްބަސްވެސް ވެފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަންބީރާއި އާލިއާގެ އާއިލާއިން ވެސް އެދެމީހުންގެ ލޯބީގެ ގުޅުމާ މެދު އެއްވެސް މައްސަލައެއް ނެތެވެ. އަދި އެދެމީހުން 2020 ގެ ކުރިން ކައިވެނިކުރާނެކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ހިޔާލު