3 Vana Faraathakun Email Kiyaafaane: Google
image
0 ކޮމެންޓް
 

ތިން ވަނަ ފަރާތަކުން އީމެއިލްތައް ކިޔާފާނެ: ގޫގުލް

ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން އެކަކު އަނެކަކަށް ފޮނުވާ އީމެއިލްތައް ތިންވަނަ ފަރާތަކުން ކިޔާފާނެ ކަމަށް ގޫގުލް އިން ބުނެފިއެވެ. Dhiraagu
ގޫގުލް އިން ބުނީ އެކަކު އަނެކަކަށް ފޮނުވާ އީމެއިލް، ބައެއްފަހަރު އެޕް ޑިވެލޮޕަރުން ކިޔާ ކަމަށެވެ. މީހުން ބޭނުންކުރާ ތާރޑް ޕާޓީ އެޕްލިކޭޝަންތަކުގެ ސަބަބުން ތިން ވަނަ ފަރާތަކަށް އީމެއިލްތައް ކިޔުމުގެ ފުރުސަތު ދެވިގެންދާ ކަމަށް ގޫގުލްއިން ބުނެއެވެ.

ޖީމެއިލްއަކީ ދުނިޔޭގައި އެންމެ މަގުބޫލު އީމެއިލް ސާވިސެވެ. އެ ހިދުމަތް 1.4 ބިލިއަން މީހުން ބޭނުންކުރެއެވެ.

ތާރޑް-ޕާޓީ އީމެއިލް މެނޭޖްމަންްޓް ޓޫލްސް ބޭނުންކޮށްގެން ހިދުމަތް ހޯދުމުގެ ފުރުސަތު ގޫގުލްއިން ދަނީ ފޯރުކޮށްދެމުންނެވެ. އެފަދަ ހިދުމަތް ހޯދާއިރު ތިންވަނަ ފަރާތަށް އީމެއިލް މެނޭޖްކުރުމާއި ގުޅޭ ގޮތުން "ހުއްދަ" ދިނުމާއި ގުޅޭ ނޯޓިސްއެއް ފެނިގެންދާނެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އެފަދަ ނޯޓިސްއަށް އަޅާނުލައެވެ.


މި ނޯޓިސްއަށް މީހުން އަޅާނުލާކަމަށް ރިޕޯޓްތައް ބުނޭ

ކަމާބެހޭ ފަރާތްތަކުން ވަނީ މިފަދަ ނޯޓިސްތަކަށް އިތުރަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ހިޔާލު