Uruguay Balikoh France Semi Final Ah
image
0 ކޮމެންޓް
 

އުރުގުއޭ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް

ވޯލްޑް ކަޕް 2018 ގެ ކުއާޓާ ފައިނަލުގައި އުރުގުއޭ އާއި ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރު ކޮށްފި އެވެ. dhi2
ފްރާންސް ވޯލްޑް ކަޕުގެ ސެމީއަށް ދަތުރު ކުރި ފުރަތަމަ ޓީމުގެ ގޮތުގައި ޖާގަ ކަށަވަރު ކުރީ މިރޭ އުރުގުއޭ 2-0 ގެ ނަތީޖައަކުން ބަލިކޮށްގެނެވެ.

ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ އެޑިންސަން ކަވާނީއާ ނުލާ ފްރާންސްއާ ދެކޮޅަށް ނުކުތް މެޗުގައި ފްރާންސްއަށް ލީޑު ނަގައިދިނީ ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާޑް ޑިފެންޑަރ ރަފައެލް ވަރްނޭ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓުގައެވެ.

މެޗުގައި ފްރާންސްއިން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މި މޮޅާއެކު ފްރާންސްއިން ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު މިރޭ މުބާރާތުގައި އިތުރު މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ސެމީގެ ޖާގައެއް ހޯދުމަށް ނިކުންނާނީ ބްރެޒިލް އާއި ބެލްޖިއަމް އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 23:00 ގައެވެ.
ހިޔާލު