Indiagai Principalai, 2 Teacherunnai 13 Dharivaraku Vegen Anhen Kujjaku Rape Kollaifi
image
ރޭޕާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ---
2 ކޮމެންޓް
 

ޕްރިންސިޕަލާއި ދެ ޓީޗަރަކާއި 13 ދަރިވަރަކު ވެގެން އަންހެން ކުއްޖަކު ރޭޕުކޮށްފި

އިންޑިއާގެ ބިހާރުގެ ސަރަން ޑިސްޓްރިކްޓުގެ އަމިއްލަ ސުކޫލެއްގައި 13 ފިރިހެން ކުއްޖަކާއި، ދެ ޓިޗަރަކާއި ޕްރިންސިޕަލު ބައިވެރިވެގެން އަންހެން ކުއްޖަކަށް ބިރު ދައްކާ އެ ކުއްޖާ ރޭޕު ކުރަމުން ދިޔަ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެ އަންހެން ކުއްޖާ އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާގައި އެ ސުކޫލުގެ ޕްރިންސިޕަލު އުދޭ ކުމާރާއި، ޓީޗަރެއް ކަމަށްވާ ބަލާޖީއާއި ދެ ކުއްޖަކު ހައްޔަރުކޮށް އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަންހެން ކުއްޖާއާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ސުކޫލުގެ ފާހާނާ ތެރޭގައި ސުކޫލުގެ ތިން ދަރިވަރަކު ވެގެން އެ އަންހެން ކުއްޖާވަނީ ރޭޕުކޮށްފައެވެ. އެ މަންޒަރު ވީޑިއޯކޮށް ބިރު ދައްކައިގެން އޭގެ ފަހުން ވެސް އެތައް ފަހަރަކު އެ އަންހެން ކުއްޖާއައި ގުޅުން ހިންގާފައިވާ ކަމަށާއި ފަހުން އެ މީހުންގެ ރައްޓެހި އެހެން ކުދިންނަށް އެ ވީޑިއޯ ދިނުމުން، އެ މީހުން ވެސް އެ ކުއްޖާއަށް ބިރު ދައްކައިގެން އެ ކުއްޖާ ރޭޕުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާގެ ވީޑިއޯ އެ ސުކޫލުގެ ދެ ޓީޗަރަކަށް ލިބިފައިވަނީ ވެސް އެ ކުދިންގެ ފަރާތުން ކަމަށާއި އެއަށްފަހު އެ ދެ ޓީޗަރުން ވެސް އެ ވީޑިއޯ ބޭނުންކޮށްގެން އެ އަންހެން ކުއްޖާ ރޭޕުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދެ ޓީޗަރުންގެ ފަރާތުން އަނިޔާތައް ލިބެން ފެށުމުން އެންމެ ފަހުން އަންހެން ކުއްޖާ ނިންމީ ސުކޫލުގެ ޕްރިންސިޕަލުގެ އެހީ ހޯދުމަށެވެ. އެގޮތުން ޕްރިންސިޕަލުއާއި އެވާހަކަ ހިއްސާ ކުރުމުން އެ ވާހަކަ ސިއްރު ކުރުމަށާއި އެކަން ހައްލު ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފަހުން އަންހެން ކުއްޖާ ޕްރިންސިޕަލުގެ ކޮޓަރިއަށް ގެންގޮސް ޕްރިންސިޕަލު ވެސް އަންހެން ކުއްޖާ ރޭޕުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިންޑިއާ ރޭޕު
ހިޔާލު

ބްރާންޗް

ބާރަތު މަހާން

އިންޑިއާ

ރޭޕިސްތާނު