28 Aharahfahu England World Cup Semi Final Ah
image
0 ކޮމެންޓް
 

28 އަހަރަށްފަހު އިންގްލެންޑް ވޯލްޑް ކަޕް ސެމީ ފައިނަލަށް

28 އަހަރު ދުވަހަަށްފަހު އިގްލެންޑް ގައުމީ ޓީމުން ވޯލްޑް ކަޕް ސެމީ ފައިނަލުން ޖާގައެއް ހޯދައިފި އެވެ. muni
އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕް ސެމީގެ ޖާގައެއް ކަށަވަރު ކުރީ މިރޭ މުބާރާތުގެ ކުއާޓާގައި ސްވިޑަން ބަލިކޮށްގެނެވެ. މި މެޗު އިންގެލެންޑް ޓީމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި އިނގިރޭސި ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗު ޑޮމިނޭޓުކޮށް އެޓީމުން ވަނީ ސްވިޑަންގެ ގޯލަށް ގިނަ ހަމަލާތެއް އަމާޒުކޮށްލާފައެވެ. މެޗުގައި އޭޝްލީ ޔަންގު ހުރަހަކުން ބޮލުން ލަނޑެއް ޖަހާ އިންގްލެންޑަށް ލީޑު ނަގައިދިނީ ލެސްޓާ ސިޓީގެ ހެރީ މިގުޔާ އެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލިންގާޑުގެ ހުރަހަކުން ބޮލުން ލަނޑެއް ޖަހާ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޓޮޓެންހަމްގެ ޑެލޭ އަލީ އެވެ.

މި މެޗުން މޮޅުވެ އިންގްލެންޑުން ސެމީގެ ޖާގައެއް ހޯދާފަައިވާޢިރު އިންގްލެންޑް ސެމީގައި ބައްދަލު ކުރާނީ މިރޭ ރަޝިއާ އާއި ކޮރޭޝިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އިންގްލެންޑުގެ އިތުރުން ވޯލްޑް ކަޕު ސެމީން މިހާތަނަށް ދެ ޓީމަކުން ވަނީ ޖާގަ ހޯދާފައެވެ. އެއީ ފްރާންސް އާއި ބެލްޖިއަމް އެވެ.
ހިޔާލު